އަންނަ އަހަރު ފާހަގަ ކުރާ "ވިޒިޓް މޯލްޑިވްސް އިޔާ"އަށް ލޯގޯއެއް ކުރަހަން ހުޅުވާލައިފި

ފަތުރުވެރިކަމުގެ ފެއާގައި ބޭނުންކުރާ ރާއްޖޭގެ ސްޓޭންޑްގައި ސަނީ ސައިޑް އޮފް ލޯގޯ ދައްކާފައި -- ފޮޓޯ/އެމްއެމްޕީއާރުސީ

ރާއްޖެ އަށް ޒިޔާރަތްކުރުމުގެ އަހަރު ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔާ" ގޮތުގައި އަންނަ އަހަރު ފާހަގަކުރުމަށް ނިންމާފައި ވާތީ އެކަން ޕްރޮމޯޓްކުުރުމަށް ލޯގޯ އެއް ފަރުމާކުރަން މޯޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހުޅުވާލައިފި އެވެ. އަދި މި ލޯގޯ ފަރުމާކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"މި ލޯގޯގެ ބޭނުމަކީ އަންނަ އަހަރަކީ ރާއްޖެ އަށް ޒިޔާރަތްކުރާ އަހަރަށް ވާތީ އެކަން ޕްރޮމޯޓްކުރުން. އަދި މިއީ ޚާއްސަ ކަމެއް ކަން ދެއްކުން،" އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޑިރެކްޓާ އިބްރާހިމު އާސިމު ވިދާޅުވި އެވެ. މި ލޯގޯ ބޭނުން ކުރާނީ އެއް އަހަރުގެ މުއްދަތަކަށެވެ. މި ލޯގޯ ބޭނުން ކުރާނީ މިހާރު ބޭނުންކުރާ ލޯގޯ އާއެކު ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

މި ލޯގޯ ފަރުމާކުރުމުގައި މިހާރު ބޭނުން ކުރާ ސަނީ ސައިޑް އޮފް ލައިފް އާއި ގުޅޭ އަދި އޭގެ އަސްލަށް ރިއާޔަތްކުރާ ލޯގޯ އަކަށް ވާންވާނެ ކަަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. ލޯގޯ ހުށަހަޅަން ޖެހެނީ ތަފްސީލާއި އެއްކޮށްނެވެ.

ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އަދި ކޮމިޓީއަކުން މާކުސް ދިނުމަށް ފަހު އެއްވަނަ ލޯގޯ އަކަށް ހޮވޭ ފަރާތެއް އިއުލާން ކުރުން އޮންނާނީ މި މަހުގެ 30 ގައި ކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ދުނިޔޭގެ ބާއްވާ ފަތުރުވެރިކަމުގެ އެއްމެ ބޮޑު ފެއާ، އައިޓީބީ ބާލިން ފެއާ 2016 ގެ މެއިން ސްޕޮންސަރަކީ ރާއްޖެ އެވެ. އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް 2016 ވަނަ އަހަރު 10 މިިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

comment ކޮމެންޓް