ލަންކާ އިންތިހާބު އޮބްޒާވް ކުރުމަށް އީސީގެ ރައީސް، އަދި ނައިބު ފުރާވަޑައިގެންފި

އަންނަ ބުރާސްފަތި ދުވަހު އޮންނަ ސްރީލަންކާގެ ރިޔާސީ އިންތިހާބް އޮބްޒާވް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އާއި ނައިބް ރައީސް އަމްޖަދު މުސްތަފާ ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ކޮމިޝަންގެ ރައީސް އަދި ނައިބް ރައީސް ލަންކާގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރެއްވުމަށް ފުރާވަޑައިގެންނެވީ ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދެއްވައިގެން ކަމަށެވެ.

"ލަންކާގެ ރިޔާސީ އިންތިހާބް އޮބްޒާވް ކުރުމަށް ޓަކައި ކޮމިޝަންގެ ރައީސް އަދި ނައިބް ރައީސް މިހާރު ވަނީ ލަންކާ އަށް ފުރާވަދައިގެންފައި. އިންތިހާބް އޮބްޒާވް ކުރެއްވުމަށް ރައީސް އަދި ނައިބް ރައީސް ފުރާވަޑައިގެންނެވީ ކޮމިޝަނަށް އިންތިހާބް އޮބްޒާބް ކުރުމަށް ދައުވަތު ދެއްވާފައި ވާތީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބް އޮބްޒާވް ކުރުމަށްޓަކައި ކޮމިޝަންގެ ރައީސް އަދި ނައިބް ރައީސްގެ އިތުރުން ވެސް ކޮމިޝަންގެ އެހެން އިސްބޭފުޅުން ލަންކާ އަށް ވަޑައިގެންފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު