65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނުނު އަސާސީ އަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވައިފި އެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަކަށް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ރައީސް މައުމޫނަށް މިއަހަރު 77 ފުރޭނެ އެވެ. އަދި އަންނަ އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ.

ރައީސްޖުމްހޫރީއްޔާ ކަމުގެ މަގާމަށް 65 އަހަރުވުމުން ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް "ސަން"އަށް މިރޭ ވިދާޅުވީ އޭނާ އިސްލާހު ހުށަހެޅުއްވީ ގާނުނު އަސާސީގައި ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ކަނޑައެޅުމަށް ކަަމަށެވެ.

"އަޅުގަނޑު އިސްލާހު ހުށަހެޅީ ރައީސުލްޖުމްހޫރީއްޔާ ކަަމަށް 65 އަހަރުވުމުން ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް،" އިސްމާއީލް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުވުމުންނެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު