ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަދަބު ލުއި ކުރާ މުއްދަތު އަވަސް ކުރުމަށް، މައާފުދިނުމާ އަދަބުލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދު ފާސްކުރި އެ ބިލްގައި ވަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒުވެ ނިމުމުން ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ބުނެފައި ވަނީ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސަށް ހުށަހަޅަން ޖެހޭނީ ހުކުމް ތަފީޒު ކުރާތާ ތިން ބައިކުޅަ އެއްބައި ތަންފީޒުވެ ނިމުމުންނެވެ.