މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރި މީހާގެ ބަންދަށް 10 ދުވަސް އަނެއްކާވެސް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ މ. ޝައިނިންގް ސްޓާ، އަހުމަދު ރިޟްވާން ގެއްލުނު މައްސަލައިގައި ހައްޔަރުގައި ހަމައެކަނި ހުރި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އުމުރުން 25 އަހަރުގެ އެމީހާގެ ބަންދަށް އެންމެ ފަހުން ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ރިޟްވާން ގެއްލުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކުރި ނަމަވެސް ކޯޓުން ވަނީ ތިން މީހުން ދޫކޮށްލާފަ އެވެ.
ރިޟްވާން ގެއްލިގެން ހޯދަމުންދާތާ މިއަދަށް 78 ދުވަސް ވަނީ ވެފަ އެވެ. އޭނާ ގެއްލުނީ އޮގަސްޓް 8، 2014 ގަ އެވެ.