މާދަމާ އިން ފެށިގެން މަޖިލީސް މެމްބަރުންނަށް ސެކިއުރިޓީ ހަމަޖައްސަނީ

މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސެކިއުރިޓީ ހަމަޖެހިގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ސަން އަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދު ވިދާޅުވީ މާދަމާ އިން ފެށިގެން ހެނދުނު 7:00 އިން ފެށިގެން މެންދަމު 1:00އާ ދެމެދު ބޭނުން ކޮންމެ ވަގުތަކު ސެކިއުރިޓީ ލިބޭނެ ކަމަށް ހުރިހާ މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ. އަދި ސެކިއުރިޓީ ހޯދުމަށް ގުޅަންވީ ނަންބަރުތައް ވެސް މެމްބަރުންނަށްދީފައިވާނެ ކަމަށް ވެސް އަމީންއާންމު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް މަރުގެ އިންޒާރުދީ އިންޒާރުގެ މެސެޖްތައް ފޮނުވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ މެމްބަރުންނަށް ސެކިއުރިޓީ ހަމަޖައްސާފައި ވަނީ އެކަމާ ގުޅިގެން މީގެކުރިން ބައެއް މެމްބަރުން ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.

މަރުގެ މައްސަލައަކާ ގުޅޭ ނުރައްކާތެރި ދެ ކުއްވެރިޔަކު ޖަލުން ފިލާފައިވާތީ އެންމެހައި ރައްޔިތުން އެކަމާ ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު