އިންތިހާބުތަކުގެ ނަތީޖާ އިން ފެންނަނީ އެމްޑީޕީ އަށް އޮތް ތާއީދު: ނަޝީދު

އިންތިހާބުތަކުން ފެންނަ ނަތީޖާއަކީ އިދިކޮޅު އެމްޑީޕީ އަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަބޫދާބީ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހެނދުނު ފާލަންމަތީގައި ނޫސްވެރިންނާ ބައްދަލުވުމުގައި، ފޭދު އާއި ކޮޅުފުށީގެ އިންތިހާބަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރަށް އޮތް އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ގެއްލިފައިވާކަން ފެންނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އުފާކުރަން ޖެހޭކަމެއް އެއީ މި އިންތިހާބުތައް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އިން ސަރުކާރު ފެއިލްވެފައިވާ މިންވަރު ފާހަގަ ވަމުން އަންނަކަން،" ނަޝީދު ވިދާޅުވި އެވެ.

ގޭންގުތަކުން ހިންގާ ކުށްތަކަށް ސަރުކާރަށް ފިޔަވަޅު ނޭޅޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ސަރުކާރު ވަނީ ގޭންތަކުގެ "ޝިކާރައަކަށް"ވެފައި ކަމަށެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހޯދުމުގަ އާއި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުން ހޯދުމުގެ އިތުރުން މާފުށި ޖަލުން ފިލާފައިވާ ދެ ގައިދީން ހޯދުމުގައި ސަރުކާރު އޮތީ ނުޅުދިފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ފެންނަމުން މިދަނީ ގޭންގުތަކުގެ ޝިކާރައަކަށް ސަރުކާރު ވެފައި އޮއްވައި ގޭންތައް ނޭދޭ ގޮތަކަށް ސަރުކާރަށް ކަމެއް ކުރާން ނުކެރިފަ ތިއްބާ. އެމްޑީޕީގެ ތަންތަނުގައި ހުޅުޖަހާ އަޅުގަނޑުމެންގެ ތެރެއަށްވަދެ ޖިނާއީ ބޮޑެތި ކުށްތައް އެމީހުން ކުރަމުން އަންނައިރުގައި އަދި އެކި ގޮތްގޮތުން ހަމަލާދެމުންދާ އިރު ވެސް ފުލުސް އޮފީހުން މީގެން އިން ކަމެއް ތަހްގީގުކޮށްބެލި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިގެން އިންސާފްލިބޭތަނެއް އަޅުގަނޑުމެނަށްކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ގެއްލިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

"ނޫސްވެރިން ގެއްލުން ސިޔާސީ ޕާޓީތަކަށް ހަމަލާދިނުން. ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް ހަމަލާދިނުން، މި ބާވާތުގެ ކަންތައް ހިނގަން ފެށީމާ އަޅުގަނޑަށް ފެންނަ ފެނުމުގައި ބޭރު ދުނިޔެ އިން އަދި ހާއްސަކޮށް ބޭރުގެ މީޑިޔާ އިން އެކަން ފާހަގަ ކުރާނެ،"

ނަޝީދު އަބޫދާބީ އަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ "ޒައިދް ފިއުޗާ އެނާޖީ ފައިންޑޭޝަން"ގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުުފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު