އެސޯސިއޭޝަން ކަޕް: ސިޓީ އާއި ޔޫތު މޮޅުވެއްޖެ

މިހާރު ކުރިއަށްދާ 23 ވަނަ އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗް ތަކުން ސްޕޯޓްސް ކްލަބް ސިޓީއާއި ޔުތު ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗް ސިޓީ ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ގުޑީސްއާ ވާދަކޮށް ތިން ސެޓް ދެ ސެޓުން ނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓް 25-20 އަދި 25-22 ޕޮއިންޓުން ކާމިޔާބު ކުރީ ގުޑީސް އެވެ. ނަމަވެސް ފަހު ތިން ސެޓް ކާމިޔާބު ކުރީ ސިޓީއެވެ. ސިޓީން ސެޓްތައް ގެންގޮސްފައި ވަނީ 25-20، 25-22 އަދި 15-9 އިން ނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ އަހުމަދު ފާޒިލެވެ.

މުބާރާތުގައި ރޭ ސްޕޯޓްސް ކުލަބު ވެލޯޒިޔާއާ ބައްދަލުކޮށް ޔޫތު ސްޕޯޓްސް ކުލަބުން މެޗު ކާމިޔާބު ކުރީ ސީދާ ތިންސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޔޫތުން ކާމިޔާބު ކޮށްފައި ވަނީ 25-20، 25-15 އަދި 24-18 އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތުގެ އިބްރާހިމް ފަލާހްއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު