މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ ތިން މަހު ފައިދާވެ ހިއްސާއަކަށް 0.08 ޑޮލަރުގެ ފައިދާއެއް ލިބިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ވިޔަފާރި ކުންފުނިން މިއަދު ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 2.8 މިލިއަން ޑޮލަރު ވަނީ ފައިދާގެ ގޮތުގައި ލިބިފަ އެވެ. އޭގެ ކުރީ ތިން މަހު އެ ކުންފުންޏަށް ވަނީ ދެ މިލިއަން ޑޮލަރުގެ ފައިދާއެއްވެފައެވެ.
އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައި ވަނީ ފަސް މިލިއަން ޑޮލަރެވެ. އަދި އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ ދެ މިލިއަން ޑޮލަރެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނި ހިންގުމަށް ކުރި ޚަރަދާ ގުޅިގެން 108,599 ޑޮލަރު ގެއްލުންވެފައިވެ އެވެ.
އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ފައިދާވެފައިވާއިރު، އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުމެއް ކުރިން ކުރިމަތިވި ހެރެތެރެ ރިސޯޓު މިހާރު ވަނީ 33.3 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ.
އެމްޓީޑީސީ އިން ހަދާފައިވާ ރިސޯޓް، 33,333,333 ޔޫއެސް ޑޮލަރު (514 މިލިއަން ރުފިޔާ) އަށް މިދިޔަ މާޗް މަހު ވިއްކާލާފައި ވަނީ، ސިންގަޕޫރުގެ ކޭނަރީޒްސް ޕްރައިވެޓް ލިމިޓެޑަށެވެ.