ރަޝިޔާ އަންހެނަކު 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ޓުރިސްޓެއްގެ ގޮތުގައި ރާއްޖެ އައި ރަޝިއާ އަންހެނަކު 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެއައި 25 އަހަރުގެ ރަޝިއާގެ އަންހެން މީހާ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. އޭނާގެ އަތުން ފެނިފައި ވަނީ 2.5 ކިލޯގެ "ކޮކެއިން" އެވެ.

މަސްތުވާތަކެއްޗާއެކު ރާއްޖެ އައުމުން އޭނާ ހައްޔަރު ކުރީ ކަސްޓަމްސްގެ އޮފިސަރުންނެވެ. ކަސްޓަމްސްގެ އޮފިސަރުން އޭނާ ހިފަހައްޓައި ޗެކްކުރީ އޭނާ ހަރަކާތްތައް ހުރި ގޮތުންނެވެ. މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 8:30ގައި ރާއްޖެ އައި ރަޝިޔާ އަންހެން މީހާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ އަންނައުނު އަޅާފައިވާ ލަގެޗުގެ ތެރެއިންނެވެ.

މަސްތުވާތަކެތި ހުއްޓުވުމުގެ ގޮތުން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދަނީ އެފަދަ ތަކެތި އެތެރެ ކުރާ ބޮޑެތި ނެޓްވޯކްތައް ހޯދައި، އެކަމުގައި ޝާމިލްވާ މީހުން ހައްޔަރު ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ވަނީ މަސްތުވާތަކެތީގެ މައްސަލަތައް 46 ޕަސެންޓަށް އިތުރުވެފަ އެވެ. މަސްތުވާތަކެތީގެ 433 މައްސަލައެއް މިއަހަރުގެ ޖެނުއަރީގައި ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީގައި ފުލުހުން ތަހުގީގު ކުރަން ފެށީ މަސްތުވާތަކެތީގެ 295 މައްސަލަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު