ކޮމިޓީއަށް ހާޒިރުކުރުމަށް ދެންނެވިފައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ އިޖުރާއަތްތަކާއި ހިލާފަށް: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެކި ފަރާތްތައް ހާޒިރުވުމަށް ދެންނެވިފައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގައި ގެންގުޅޭ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

މިއަދު މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ކޮމިޓީތަކަށް އެކިފަރާތްތައް ހާޒިރުވުމަށް އެންގެވުމުގައި މަޖިލީހުގެ ކޮމިޓީތަކުގައި ގެންގުޅޭ އިޖުރާއަތުތަކާއި ހިލާފުވެފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިގެންނެވި ބޭފުޅުން އެނބުރިވަޑައިގަތުމަށް އެދި ދަންނަވައިފައިވާނެ ކަމަށް އެ ބަޔާންގައި ބުނެފައިވެ އެވެ.

"މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިގެންނެވި ބޭފުޅުން އެނބުރިވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެބޭފުޅުންނަށް ދަންނަވާފަ" އެ ބަޔާންގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާ އުސޫލަކީ ހާޒިރުރުކުރަން ޖެހޭ ފަރާތްތައް ހާޒިރުރުކުރުމަށް ކޮމިޓީން ފާސްކުރައްވާފައި އޮތުން ކަމަށާއި އެހެންނަމަވެސް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ބޭފުޅުންނަށް ދަންނަވާފައިވަނީ އެ އިޖުރާއަތާ އެއްގޮތަކަށް ނޫން ކަމަށް ބުނެފައިވެ އެވެ.

"މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާ އުސޫލަކީ ހާޒިރުރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށް ކޮމިޓީން ފާސްކުރައްވާފައި އޮތުން. ނަމަވެސް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ބޭފުޅުންނަށް ދަންނަވާފައިވަނީ އެ އިޖުރާއަތާ އެއްގޮތަކަށް ނޫން،" ބަޔާންގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު