ކެނދިކުޅުދޫ ކައުންސިލް ފަޅާލައި 250،000 ވުރެ ގިނަ ރުފިޔާ ވަގަން ނަގައިފި

ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާ ފަޅާލައި 250،000 އަށް ވުރެ ގިނަ ރުފިޔާއާއެކު ތިޖޫރީ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިރޭ ވިދާޅުވީ ކެދިކުޅުދޫ ކައުންސިލް އިދާރާގެ ތިޖޫރި ވަގަށް ނެގި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ބެލިބެލުމުން ކައުންސިލް އިދާރާގެ ކުރިމަތީ އޮންނަ ކުޅީގެ އުތުރު ފަރާތުގެ ފުއްޓަރާ ދިމާލުގައި ތިޖޫރީ އެއްލައިލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ ތިޖޫރި ފެނުނުއިރު އޭގައި ފައިސާއެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ތިޖޫރީ އެއްލާލާފައި އޮތް ސަރަހައްދުގައި ތިޖޫރީ ހަލާކުކޮށްލަން ބެނުންކުރި ބައެއް އާލާތްތަށް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި އެ މަސައްލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު