ކުޑަހުވަދޫ މިސްކިތްތަކުގެ ވަޅުން ސިހުރު ކިހައްތަކެއް ފެނިއްޖެ

ދ. ކުޑަހުވަދޫ ތިން މިސްކިތެއްގެ ވަޅުން ސިހުރު ހަދައިފައިވާ ކަމަށް ބެލެވޭ ދަނބުރުކު ތިން ކިހާ ފެނިއްޖެ އެވެ.

ކުޑަހުވަދޫ މިސްކިތެއްގެ ވަޅުން ދަބުރުކު "ސިހުރު ކިހައްތަކެއް" ފުރަތަމަ ފެނުނީ ނަމާދަށް ދިޔަ މީހަކު ވުޟޫ ކުރަން މިސްކިތު ވަޅަށް ދާނި ގެންބިތަނުންނެވެ. ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުން، ރަށު ތެރެ ފުލުހުން ބަލައި ފާސް ކުރި އެވެ. ފާސް ކުރުމުގެ ތެރޭގައި އެ ރަށުގެ އަނެއް ދެ މިސްކިތުން ވެސް ވަނީ ދަބުރުކު ސިހުރު ކިހައްތަކެއް ފެނިފަ އެވެ.

އެ ކިހާތަނުގައި އަރަބި ބަހުލް ލިޔެ ކަނޑާނަގާފައިވެ އެވެ. އަދި ގޮޅިތަކެއް ކަހަލަ އަކަތަކެއް ވެސް ކިހާކުލައި ކަނޑައި ނަގާފައިވެ އެވެ. ފުލުހުން ވަނީ އެ ތިން ކިހާ ވެސް އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭ ފަހަކަށް އައިސް ރާއްޖޭގައި ވަނީ ސިހުރު ހެދުން އާންމުވެފަ އެވެ. ކުޑަހުވަދޫއިން ސިހުރު ހަދާފައިވާ ކަމަށް ބެލެވޭ ތިން ކިހާކެއް ފެނިފައިވާ އިރު ކ. ގުރައިދޫ ސްކޫލް ދޮރު ކުރިމަތީގައި ވަޅުލާފައި އޮއްވާ ފެނުނު "ސިހުރު ކިހާކެއް" ފުލުހުން ވަނީ ގެންގޮސްފަ އެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ ސިޑިގޮޅި ކައިރީގައި ވަޅުލާފައި އޮއްވާ ފެނުނު ނުލުރުކު ކިހާކެއް ވެސް ވަނީ ފުލުހުން ގެންގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު