ވޮޝިންޓަން (14 ނޮވެމްބަރު 2026): ބައިނަލްއަގްވާމީ ގާނޫނަށް އެމެރިކާ ބޯލަނބަން ޖެހޭނެ ކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް ހީވާނަމަ އެއީ ކުށެއް ކަމަށާއި އެމެރިކާގެ އެއްވެސް ފަރާތެއްގެ މައްޗަށް އެއްވެސް ޝަރީއަތެއް ހިންގަން މަސައްކަތް ކޮށްފިނަމަ އައިސީސީ އާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ދެއްވައިފިއެވެ.
އެމެރިކާގެ ހަރުކަށި ކޮންޒަވެޓިވް ފިކުރުގެ ޖަމްއިއްޔާއެއް ކަމަށްވާ "ދަ ފެޑަރަލިސްޓް ސޮސައިޓީ" ގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވީ ބައިނަލްއަގްވާމީ ކޯޓަށް ވެސް އަދި ބައިނަލްއަގްވާމީ ގާނޫނަށް ވެސް އެމެރިކާ ތަބާވާކަށް ނުޖެހޭނެ ކަމަށެވެ.
"ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ތިބޭ ބޯގޯސް ފަނޑިޔާރުންނާއި ރޫހެއް ނެތް ބައިނަލްއަގްވާމީ ބިރޮކްރެޓްސްއަށް އަށް އެމެރިކާ ބޮލެއް ނުލަނބާނެ، އެމެރިކާއަކީ އެއަށްވުރެ މާ ބާރުގަދަ އަދި މާމަތީ ފެންވަރުގެ ގައުމެއް،" ކިއުބާއިން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ ލެޓިން ދަރިކޮޅުގެ ރޫބިއޯ ވިދާޅުވިއެވެ.
ރޫބިއޯ އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ މުއައްސަސާތަކަށް ބޯލަނބަން ޖެހޭވަރަށްވުރެ މާ މަތީ ފެންވަރުގެ ގައުމަކަށް އެެމެރިކާ ހައްދަވައިފައެވެ. އަދި އެމެރިކާ ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރަން އުޅޭނަމަ އެކަންކުރާ ފަރާތެއްގެ ދުވަސް ދުއްވާލާނެ ކަމަށް ވިދާޅުވެ އެކަމާބެހޭ ޕްރިންސިޕްލް އެއް އެކުލަވައިލައްވާފައެވެ،
މި މޭރުމުން ވާހަކަ ދައްކަވަމުން ކިއުބާ ދަރިކޮޅުގެ ރޫބިއޯ ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރުންނާއި ފަނޑިޔާރުންނަކީ "އަމިއްލައަށް ދުނިޔޭގެ ފަނޑިޔާރުންނަށް ވެގެން ފެންވަރު އޮޅިގެން އުޅޭ ބައިގަނޑެއްކަމަށް" ސިފަކުރައްވައި އެމެރިކާގެ މަސްއޫލުވެރިންނާއި ސިފައިންގެ މައްސަލަތައް ބަލާނަމަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށާއި އެ ކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް "ހޭއަރުވާލާނެ" ކަމުގެ އިންޒާރު ދެއްވައިފައެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުން --ރިޕޯޓްތައް ބުނާގޮތުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ މުޚާތަބުކޮށް ރޫބިއޯ ވާހަކަ ދައްކަވައި އިންޒާރުތައް ދެއްވީ ޑިޕްލޮމެޓިކް ބަހުރުވަ ވެސް ދޫކޮށްލުމަށްފަހު ކަނާތު ފިޔައިގެ ވަތަނީ ހަރުކަށި ކަމުގެ ފޯރިއާއި ޖޯޝާއެކު ވަރަށް ދަށުދަރަޖައިގެ ބާޒާރުމަތީ ބަހުރުވައިންނެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރޫބިއޯ ވަނީ އެމެރިކާގެ މަސްއޫލުވެރިން ކުރާ ކުށްތައް ބަލައި ތަހުގީގު ކުރަން އައިސީސީން އުޅެފިނަމަ އެ ކޯޓާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރާނެކަމުގެ ސީދާ އިންޒާރު އެ ކޯޓަށް ދެއްވައިފައެވެ.
ބޮޑާކަމާއި ތަކައްބުރުކަމުގެ ފޯރިއާއި ޖޯޝުގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވަނީ މީލާދީގެ ސަތޭކަ ވަރަކަށް އަހަރު ކުރީގައި އުޅުނު ރޯމަނުންގެ ޖައްބާރު އަސްކަރީ ކޮމާންޑަރެއް ކަމަށްވާ ޕޮމްޕޭ ދަ ގްރޭޓް އޭނާގެ ބޮޑާކަމާއި ތަކައްބުރުކަން ދެއްކުމުގެ ގޮތުން ބޭނުންކުރި ހަރުކަށި އިބަރާތް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބޭނުންކުރައްވައިފައެވެ. އެއީ "ސްޓޮޕް ސައިޓިން ލޯސް ބިފޯ ޕަވަފުލް މެން ހޫ ކެރީ ސްވޯޑްސް" (ކޯރާޑި ހިފައިގެން އުޅޭ ބާރުގަދަ މީހުންގެ ކުރިމަތީގައި ގާނޫނުގެ ވާހަކަ ދެއްކުން ހުއްޓާލަންޖެހޭ) މި އިބާރާތެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި އިންސާފު މުގުރާލައި މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން ކަންކަން ކުރުމުގެ ހަރުކަށި ސިޔާސަތަކީ އެމެރިކާ އަބަދުވެސް ގެންގުޅޭ ސިޔާސަތެކެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މި ސިޔާސަތު އެމެރިކާ ވަނީ ވަރަށް ބިރުވެރި ދަރަޖައަކަށް ގެންގުޅެ އަދި ތަންފީޒު ކުރަންވެސް ފަށައިފައެވެ.
ޓްރަމްޕްގެ ވެރިކަމުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށާއި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ ދެކޮޅަށް އެމެރިކާ ވަނީ ދަތިކުރުމުގެ ހަރުކަށި އެތަށް ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެތެރޭގައި އެމެރިކާ ކޮންޓްރޯލް ކުރާ މާލީ ނިޒާމުކަމަށްވާ ސްވިސްފް ނިޒާމުން އެކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން ބޭރުކޮށްލުމާއި އެމެރިކާގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒްކުރުން ވެސް ހިމެނެއެވެ.
މި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް ދާދި ފަހުން ވަނީ ނެރުއްވި ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅުތަށް ކުށްވެރި ކުރައްވައި އެއީ ބައިނަލްއަގްވާމީ އިންސާފު ފުނޑާލައި ބައިނަލްއަގްވާމީ ގާނޫނަށް ހުރަސްއަޅައި މުޖުރިމުންނަށް ހިއްވަރުދިނުމުގެ އަމަލުތަކެއް ކަމަށް ސިފަކުރައްވައި ބަޔާނެއް ވެސް ނެރުއްވައިފައެވެ.
ޓްރަމްޕްގެ ހަރުކަށި ސަރުކާރުން ބައިނަލްއަގްވާމީ ކޯޓާ ދެކޮޅަށް ތެދުވާން ފެށީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގަތުލުއާންމުތައް ބަލައި ތަހުގީގުކޮށް އެ މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރާއި ޔަހޫދީ ހަރުކަށި ޖައްބާރު ވެރިން ހައްޔަރު ކުރުމުގެ އަމުރު 2024 ވަނަ އަހަރު އެ ކޯޓުން ނެރުމުންނެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި ފަރުދާގެ އަނެއް ފަރާތުން އެމެރިކާގައި ހަގީގީ ވެރިކަން ކުރަނީ ޑީޕް ސްޓޭޓުންނެވެ. ޑީޕް ސްޓޭޓް ކޮންޓްރޯލް ކުރަނީ ޒަޔަނިސްޓް ޖަމާއަތްތަކާއި ޒަޔަނިސްޓް މަހުޖަނުންނާއި ގޮތްނޭންގޭ ފްރީމޭސަން ޖަމާއަތުންނެވެ.