މެޓާގެ އޭއައި އެސިސްޓެންޓް "މިއުޒް" ސްމާޓްވޮޗްތަކަށް ތަޢާރަފުކުރުމުގެ މަސައްކަތުގެ ދަށުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް އެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މޯބައިލް ފޯނު ނުނަގައި، ސީދާ އަތުކުރި ގަޑިން އޭއައި އެސިސްޓެންޓްގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މެޓާއިން އެޅި ފިޔަވަޅެކެވެ.
އެޕަލް ވޮޗަށް ތަޢާރަފުކުރި މިއުޒް އެޕްލިކޭޝަންގައި އެސިސްޓެންޓްގެ ރަމްޒީ ކެރެކްޓަރެއްގެ ގޮތުގައި އެނިމޭޓެޑް "ޔެޓީ" ކެރެކްޓާއެއް ހިމަނާފައިވެއެވެ. މީގެއިތުރުން، ގަޑީގެ ފޭސްއަށް މިއުޒްގެ ޝޯޓްކަޓެއް އިތުރުކޮށް، އެންމެ ފިތުމަކުން އެސިސްޓެންޓް ހުޅުވާލެވޭ ގޮތް ވަނީ ހަދައިދީފައެވެ. މި ޚިދުމަތް ލިބޭނީ މިއުޒް އައިފޯން އެޕްލިކޭޝަންގެ ވާޝަން 15.0 އާއެކުގައެވެ.
މެޓާގެ މިއުޒް އޭއައި އަކީ އެހެން އެޕްލިކޭޝަންތަކާ ގުޅިގެން ތަފާތު މަސައްކަތްތައް ނިންމައިދިނުމުގެ ޤާބިލުކަން ލިބިފައިވާ އެސިސްޓެންޓެކެވެ. އެގޮތުން ކަލަންޑަރުގައި ހުރި ކަންކަން ބެލުމާއި، އީމެއިލް ޗެކްކުރުމާއި، ފިލްމު ޓިކެޓު ބުކްކުރުމުގެ އިތުރުން އެކަކު އަނެކަކަށް ފުށުއަރާ އެޕޮއިންޓްމަންޓްތައް ފާހަގަކޮށްދިނުން ފަދަ ކަންކަން މި އެސިސްޓެންޓަށް ކުރެވެއެވެ.
އެޕަލް ވޮޗްގެ އިތުރުން ގޫގުލްގެ "ވެއާ އޯއެސް" ޕްލެޓްފޯމަށްވެސް މިއުޒް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން މެޓާއިން ވަނީ ހާމަކޮށްފައި ---އެޕަލް ވޮޗްގެ އިތުރުން ގޫގުލްގެ "ވެއާ އޯއެސް" ޕްލެޓްފޯމަށްވެސް މިއުޒް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން މެޓާއިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، ފޯނާ ނުލައި މިއުޒް ބޭނުންކުރެވޭ ގޮތަށް "މިއުޒް ޗާމް"ގެ ނަމުގައި ކީޗެއިން ސައިޒުގެ ޚާއްޞަ ޑިވައިސެއްވެސް މެޓާއިން ސެޕްޓެމްބަރު މަހު ބޭއްވި ކަނެކްޓް 2026 ހަރަކާތުގައި ވަނީ ދައްކާލާފައެވެ.
މިއުޒް އޭއައިގެ ޚިދުމަތް ފުޅާކުރަމުންދާއިރު، މި އެސިސްޓެންޓާ ގުޅޭގޮތުން ޕްރައިވެސީގެ ބައެއް ކަންބޮޑުވުންތައްވެސް ވަނީ މީގެ ކުރިން ފާހަގަކުރެވިފައެވެ. އެގޮތުން މެކް ކޮމްޕިއުޓަރުތަކުގައި ހުންނަ މެސެޖުތަކަށް އެސިސްޓެންޓް ވާސިލުވާ މައްސަލައެއް ފެންމަތިވި ނަމަވެސް، މެޓާއިން ބުނެފައި ވަނީ މެސެޖުތައް ކިޔޭނީ ޔޫޒަރުގެ ފުރިހަމަ ހުއްދައާއެކު ޚާއްޞަ ކަނެކްޓާއެއް މެދުވެރިކޮށް ކަމަށެވެ.