"އުރީދޫ ފަން ރަން" އަށް ރަޖިސްޓްރީވުމުގެ މުއްދަތު އަންނަ ހަފުތާގެ ހޮނިހިރު ދުވަހަށް އިތުރުކޮށްފި

މިއަހަރު ބޭއްވި އުރީދޫ ފަން ރަންގެ ތެރެއިން -- ފޮޓޯ: އުރީދޫ

މިއަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އުރީދޫން ބުނި ގޮތުގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި ފަސް ކިލޯމީޓަރުގެ ދުވުމުގައި، މަޖާ އޮބްސްޓިކަލްތަކާއި ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ 210 ރުފިޔާގެ ފަން ކިޓާއި 110 ރުފިޔާގެ ސްޓޭންޑާޑް ކިޓެވެ. ފަން ކިޓުގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަސް އަދި އައިގްލާސް ހިމެނޭނެއެވެ.

އުރީދޫ ފަން ރަން އަށް ރެޖިސްޓާވުމުގެ މުއްދަތު އިތުރުކޮށްފައ -- ފޮޓޯ: އުރީދޫ

އުރީދޫން ބުނި ގޮތުގައި އޮކްޓޫބަރު 31 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި ބިބްގައި ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްޓޭންޑާޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓާއި، މަލްޓިޕާޕަސް ބަންޑާނާގެ އިތުރުން ބިބެވެ.

މި އިވެންޓުގެ ފޯރި އިތުރުކުރުމުގެ ގޮތުން ޕްރީ-އިވެންޓު ހަރަކާތްތަކެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެރޭ 8:00 އިން 12:00 އަށް ޚާއްސަ މިއުޒިކް ޝޯއެއް ކުރިއަށްދާނެއެވެ.

މި އަހަރުގެ ފަން ރަން ކުރިއަށްދާނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް