މަޝްހޫރު ގޭމިން ބްރޭންޑް ރޭޒާ އިން، ބޭރުގެ އަޑުތައް ކަނޑާލަދޭ އެކްޓިވް ނޮއިޒް ކެންސެލޭޝަން (އޭއެންސީ) ޓެކްނޮލޮޖީއާއެކު އެ ކުންފުނީގެ އެންމެ ފަހުގެ ވަޔާޑް ގޭމިން އިއާފޯން "ރޭޒާ ހެމާހެޑް ވީ3 ކްރޯމާ" ބާޒާރަށް ނެރެފިއެވެ.
ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރާއެކު ނެރުނު މި އިއާފޯނަކީ އޭއެންސީގެ އިތުރުން ކަސްޓަމައިޒް ކުރެވޭ ކްރޯމާ އާރްޖީބީ ލައިޓިން ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިއާފޯނެކެވެ.
މި އިއާފޯނުގައި އަޑުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި 11 މިލިމީޓަރުގެ މެއިން ޑައިނާމިކް ޑްރައިވަރެއްގެ އިތުރުން ހަ މިލިމީޓަރުގެ ޓްވީޓާ ޑްރައިވަރެއް ހިމަނާފައިވެއެވެ. އަދި ޕީސީ ބޭނުންކުރާ ފަރާތްތަކަށް ރޭޒާ ސައިނެޕްސް 4 މެދުވެރިކޮށް ޓީއެޗްއެކްސް ސަރައުންޑް ސައުންޑް 7.1 ސަޕޯޓްކުރާއިރު، މިއީ ގޭމް ކުޅޭއިރު އަޑު އަންނަ މިސްރާބު ސާފުކޮށް ދެނެގަތުމަށް މަގުފަހިކޮށްދޭ ފީޗާއެކެވެ. މީގެ އިތުރުން 20 ހާޓްޒް އިން 28 ކިލޯހާޓްޒްއާ ދެމެދުގެ ފްރީކުއެންސީ ރޭންޖެއް މިއިއާފޯނުގައި ހިމެނެއެވެ.
މިއިއާފޯން މިހާރު ރޭޒާގެ ރަސްމީ ވެބްސައިޓުންނާއި ކަނޑައެޅިފައިވާ ރީޓޭލް ފިހާރަތަކުން ގަންނަން ލިބޭނެ --މި އިއާފޯނުގައި ހިމެނޭ 1.2 މީޓަރުގެ ކޭބަލް ފަރުމާކޮށްފައިވަނީ 90 ޑިގްރީއަށް އެނބުރޭ ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރާއެކުގައެވެ. އަދި އިން-ލައިން ރިމޯޓާއެކު އޮމްނިޑައިރެކްޝަނަލް މައިކްރޯފޯނެއް ހިމެނޭއިރު، މީގެ ސަބަބުން ގޭމް ކުޅޭއިރު އޯޑިއޯ ކޮންޓްރޯލްކުރުމާއި އަޑު ސާފުކޮށް ދައުރުކުރުމަށް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން 16.8 މިލިއަން ކުލަ ހިމެނޭ ކްރޯމާ އާރްޖީބީ ލައިޓިން ސިސްޓަމާއި، އަޑު ބަދަލުކޮށްލުމަށް ހަތަރު ޕްރީސެޓް އީކިއު ޕްރޯފައިލްގެ އިތުރުން ކަސްޓަމް އީކިއު ސެޓިންއެއް ބޭނުންކުރެވެއެވެ.
އައިޕީއެކްސް 4 ވޯޓާ-ރެސިސްޓަންޓް ރޭޓިންއާއެކު ނެރުނު މި އިއާފޯނުގެ ބަރުދަނަކީ 27.1 ގްރާމެވެ. ރޭޒާ ހެމާހެޑް ވީ3 ކްރޯމާ އިއާފޯން ބާޒާރުގައި ވިއްކަން ހަމަޖެހިފައިވަނީ 79.99 އެމެރިކާ ޑޮލަރަށެވެ.
މިއިއާފޯން މިހާރު ރޭޒާގެ ރަސްމީ ވެބްސައިޓުންނާއި ކަނޑައެޅިފައިވާ ރީޓޭލް ފިހާރަތަކުން ގަންނަން ލިބޭނެއެވެ.