ދައުލަތަށް ވެށި ފަހި ފްރްގާރާމުން ލިބިފައިވާ 48 ބިމެއް ވިއްކާލަނީ، އަކަފޫޓަކަށް 2،000 ރުފިޔާ

މާލެ މަތިން: ދައުލަތަށް ވެށި ފަހި ފްރްގާރާމުން ލިބިފައިވާ 48 ބިމެއް ވިއްކާލަނީ، އަކަފޫޓަކަށް 2،000 ރުފިޔާ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވެށި ފަހި މާލެ ޕްރޮގްރާމުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ދެހާސް އެގާރައިގައި ހިންގި ވެށި ފަހި ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު ޖޫން، 28 2021ގައި ވަނީ އާންމުކޮށްފައެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެ އުސޫލުގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ބިންތައް ގަތުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން، އެ ޕްރޮގްރާމުގެ ތެރެއިން ދައުލަތަށް ލިބިފައިވާ ޖުމުލަ 48 ބިމެއް ވިއްކާލުމަށް ވަނީ އިއުލާނުކޮށްފައެވެ. އެއީ، މާފަންނުގެ 21 ބިމަކާއި ހެންވޭރުގެ ނުވަ ބިމާއި ގަލޮޅުގެ ހަތް ބިމަކާއި ވިލިނގިލީގެ ބިމެކެވެ.

އެ ބިންތައް ވިއްކުމަށް މިނިސްޓްރީން ނިންމާފައި ވަނީ، އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުންނެވެ.

އެ ބިންތައް ގަތުމަށް ބޭނުންވާ މީހުން، ފޯމާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހު އަންނަ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅޭނެއެވެ.

comment ކޮމެންޓް