ޖޭޑީއެސް ސްކޮލާޝިޕާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މި މަހު 8ވަނަ ދުވަހާއި 19ވަނަ ދުވަހު

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޖަޕަނީޒް ގްރާންޓް އެއިޑް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" (ޖޭޑީއެސް) އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަންތައް މި މަހު ބާއްވަން ތާވަލުކޮށްފިއެވެ.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރު (ޖައިސް) އިން އިންތިޒާމުކުރާ އެ ސެޝަންތައް ބާއްވާނީ މި މަހުގެ އަށްވަނަ ދުވަހާއި 19 ވަނަ ދުވަހެވެ.

ތަން: ރިޔަން ޓްރެއިނިން އިންސްޓިޓިއުޓް (އަމީނީ މަގު، މާލެ)

  • 8 ނޮވެމްބަރު 2026 | މެންދުރުފަހު 3:00 އިން 4:00 އަށް
  • 19 ނޮވެމްބަރު 2026 | މެންދުރުފަހު 3:00 އިން 4:00 އަށް

މި ސެޝަންތަކުގައި، ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ސްކޮލާޝިޕަށް ޝަރުތު ފުރިހަމަވާ ކްރައިޓީރިއާތަކާއި، ކިޔެވުމަށް ކަނޑައެޅިފައިވާ ދާއިރާތަކާއި ޔުނިވާސިޓީތަކުގެ އިތުރުން ސްކޮލާޝިޕަށް އެދި ހުށަހަޅާނެ ގޮތުގެ ތަފުސީލީ މަޢުލޫމާތު ދޭނެއެވެ. މީގެ އިތުރުން، ޖޭޑީއެސް އެލުމްނައި ވެސް ސެޝަންތަކުގައި ބައިވެރިވެ، ތަޖުރިބާ ހިއްސާކުރުމާ އެކު ޖަޕާނުގެ ދިރިއުޅުމާއި ތަޢުލީމީ ޙަޔާތުގެ ތަޖުރިބާތައް ހިއްސާކުރާނެއެވެ.

ސެޝަންގައި ބައިވެރިވުމަށްޓަކައި މި ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. https://forms.cloud.microsoft/r/Eqgvvnt37n

ޖޭޑީއެސް ސްކޮލާޝިޕާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ސެޝަންތަކުގައި ބައިވެރިވާން ރަޖިސްޓަރީ ކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފައި --

މި ސްކޮލާޝިޕަށް ކުރިމަތިލައްވާ ފަރާތްތަކުން، ޑިސެމްބަރު 14 ވަނަ ދުވަހުގެ މެންދުރުފަހު 4:00 ގެ ކުރިން ޖޭޑީއެސްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ޖޭޑީއެސް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް