ދިރޭ މީދަލެއްގެ ސިކުނޑިއަށް އޭއައި ބޭނުންކޮށްގެން އިންޖެކްޝަން ޖެހުމުގެ ތަޖުރިބާއެއް ކޮށްފި

މި ފަރުވާއަށްފަހު އެ މީދާ ރަނގަޅުވަމުން އަންނަކަމަށް ދިރާސާވެރިން ބުނޭ ---

އެޕިލެޕްސީ ނުވަތަ ވާގި ނެތޭ ބަލިތަކާއި ސިކުނޑީގެ ނާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމަށް ސިކުނޑީގެ މަސައްކަތްތައް ދިރާސާކުރާ އެމެރިކާގެ ބަޔޯޓެކް ސްޓާޓްއަޕް "އެކްސިން ތެރަޕިއުޓިކްސް" އިން، ލެބޯޓްރީގެ ތަޖުރިބާތައް ރޭވުމުގެ އިތުރުން އަމަލީ ގޮތުން އެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ލިބިގެންވޭތޯ ބެލުމަށް ތަޖުރިބާއެއް ކޮށްފިއެވެ.

ވަޔާޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަޖުރިބާގައި ބޭނުންކޮށްފައި ވަނީ ކެމެރާއާއި، ރޮބޮޓިކް އަތްތަކާއި، އިންޖެކްޝަން ދޭ ވަސީލަތްތައް ހިމެނޭ ގޮތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސާޖިކަލް ރިގް ސިސްޓަމެކެވެ.

ވެޓެރިނަރީ ސާޖަނަކު ދިރޭ މީދަލެއްގެ ބޯ ނަގައި، ސިކުނޑި ހުޅުވާލުމަށްފަހު، ސިކުނޑިއަށް އިންޖެކްޝަން ޖެހުމުގެ މަސައްކަތް ހަވާލުކުރީ އެންތުރޯޕިކް ކުންފުނީގެ ކްލޯޑް އޯޕަސް 5.5 އޭއައި އޭޖެންޓާއެވެ. މި އޭޖެންޓުން ވަނީ ޖީން ތެރަޕީގެ 19 ކެންޑިޑޭޓުންގެ ތެރެއިން އެންމެ އެކަށީގެންވާ ފަރުވާ އިޚްތިޔާރުކޮށް، އިންޖެކްޝަން ޖަހަންވީ ސިކުނޑީގެ ސަރަހައްދު ކަނޑައަޅައި، އެކަމަށް ބޭނުންވާ ކޯޑިނޭޓްތައް ތައްޔާރުކުރުމުގެ އިތުރުން، އިންޖެކްޝަން ޖަހާ މިންވަރާއި ދޫކުރާ ބާރުމިން ކޮންޓްރޯލްކޮށްފައެވެ.

https://sun.mv/229864

ނަމަވެސް، އޮޕަރޭޝަން ރޭވުމަށްފަހު ސިކުނޑިއަށް ކަށި އެތެރެކުރުމުގެ ވަގުތު ޖެހުމުން، އެކަމުގައި ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ އެ އޭއައި އޭޖެންޓް ވަނީ ކަށި އެތެރެކުރަން ދެކޮޅުހަދާފައެވެ. މިކަމާ ގުޅިގެން ދިރާސާކުރާ ފަރާތްތަކުން ކްލޯޑް ސޮނެޓް 5 ބޭނުންކުރުމުން، އެ އޭޖެންޓް ވަނީ އެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވެފައެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ވަސީލަތްތަކުގެ ކޯޑިނޭޓް ސިސްޓަމަށް މައްސަލައެއް ދިމާވުމުން، އޭއައި އޭޖެންޓަށް އެ މައްސަލަ ފާހަގަކުރެވުނު ނަމަވެސް، ކޯޑަށް ބަދަލުގެނައުން މަނާކޮށްފައިވާ އުސޫލުތަކުގެ ސަބަބުން އެކަން ރަނގަޅުކުރަން އޭޖެންޓް ދެކޮޅުހެދިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އޯޕަސް 5 ގެ އެހެން އޭއައި އޭޖެންޓެއް ބޭނުންކޮށްގެން ސިސްޓަމްގެ ކޯޑު ވަނީ ރަނގަޅުކޮށްފައެވެ.

މި މުޅި ތަޖުރިބާގެ ތެރޭގައި އިންސާނުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. އޭގެ ތެރޭގައި އިންޖެކްޝަން ދިނުމުގެ ޕްލޭން ފާސްކުރުމާއި، ކުއްލި ހާލަތެއްގައި ސިސްޓަމް ނިއްވާލެވޭނެ އެމަޖެންސީ ބަޓަނެއް ބެހެއްޓުން ހިމެނެއެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި އޭއައި މޮޑެލްތައް ތަމްރީނުކޮށްފައިވަނީ ޝާއިޢުކޮށްފައިވާ ސައިންޓިފިކް ލިޔުންތަކުގެ މައްޗަށް ކަމަށްވާތީ، ނާކާމިޔާބުވެފައިވާ ތަޖުރިބާތަކުގެ މައުލޫމާތާއި ނުރައްކާތެރި ހާލަތްތަކުގައި ނަގަންޖެހޭ އަވަސް ނިންމުންތައް އޭއައިއަށް ނޭނގިދާނެއެވެ.

މި އޮޕަރޭޝަނަށް ފަހު އެ މީދާ މިހާރު ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް