ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށެވެ.
އެ އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ
- ގދ. ތިނަދޫ / މިނިވަން އައްސޭރި، އަޙްމަދު ހާޝިމް (36އ)
- ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަޙްމަދު (25އ)
- ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު ޢަބްދުﷲ (42އ)
- ގދ. ގައްދޫ / ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ)
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.