އިންޑިއާގެ ޓްރިވެންޑްރަންޑްރަމުން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ރ. މީދުއަށް ނިސްބަތްވާ އަލީ އިބްރާހީމް (އައްޔަބެ) ނަމަކަށް ކިޔާ މީހެކެވެ.
އައްޔަބެގެ ދަރިއަކު ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ބައްޕަ ހޯދުމަށް އެހީތެރިކަމަށް އެދިފައެވެ. އަދި ބައްޕަ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ދަނބު ކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެއް ކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ.
'ސަން' އަށް މައުލޫމާތުދެއްވައި މީދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމު ވިދާޅުވީ އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ރަށުގެ މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ވަނީ އައްޔަބެ ގެއްލިފައި ވަނީ ރޭގެ 5:30ގެ ފަހުން ކަމަށެވެ. އަދި އޭނާ ފެނިއްޖެނަމަ އެކަން ހިއްސާކުރާނެ ނަމްބަރެއް (9129561) ވެސް އެ ޕޯސްޓުގައި ވަނީ ދީފައެވެ.