އޮޕްޓިކަލް ފައިބަރު މެދުވެރިކޮށް ރިއަލް-ޓައިމްކޮށް ނުވަތަ ވަގުތުން މައުލޫމާތު ފޮނުވުމުގެ ދާއިރާއިން ސިކުންތަކު 3.2 ޕެޓާބިޓްސް (ޕީބީ/އެސް) ގެ ދުވެއްޔެއް ހޯދައި، ދުނިޔޭގެ އާ ރެކޯޑެއް ޗައިނާގެ ރިސާޗަރުން ގާއިމުކޮށްފިއެވެ.
މި ކާމިޔާބީއަކީ 24 ކޯގެ ކޭބަލެއް ބޭނުންކޮށްގެން ހޯދި ކާމިޔާބީއެއް ކަމަށްވާއިރު، އެންމެ ސިކުންތެއްގެ ތެރޭގައި 20,000 އަށްވުރެ ގިނަ 4ކޭ ފިލްމު ޑައުންލޯޑު ކުރެވޭނެ ފަދަ އިންތިހާއަށް އަވަސް ދުވެއްޔެކެވެ. މި ކަން އިއުލާންކޮށްފައިވަނީ ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ރަސްމީ ސަރުކާރުގެ ޕޯޓަލްގައެވެ.
މި ތާރީޚީ ރެކޯޑު ގާއިމުކޮށްފައިވަނީ ޗައިނާގެ ފާހަގަކޮށްލެވޭ ސައިންޓިފިކް އަދި ޓެކްނޮލޮޖީ އިދާރާތަކެއް ގުޅިގެންނެވެ. އެގޮތުން ޗައިނާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް ގްރޫޕުގެ ދަށުން ހިންގާ ނޭޝަނަލް ކީ ލެބޯޓްރީ އޮފް އޮޕްޓިކަލް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ނެޓްވޯކާއި، ޕެންގްޗެންގް ލެބޯޓްރީގެ އިތުރުން ފައިބަހޯމް ފުޖިކުރާ ފައިބާ އޮޕްޓިކް ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑް ހިމެނެއެވެ.
މިއީ މި އަހަރުގެ ކުރީކޮޅު މި ރިސާޗް ޓީމުން ގާއިމުކުރި ސިކުންތަކު 2.5 ޕެޓާބިޓްސްގެ ރެކޯޑާ އަޅާބަލާއިރު އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދި 30 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއީ މުވާސަލާތީ އިންފްރާސްޓްރަކްޗާ އަވަސް މިނުގައި ތަރައްގީވަމުންދާކަން ހާމަކޮށްދޭ ހެކިތަކެކެވެ.
މި ދިރާސާގެ ތެރޭގައި ރިސާޗަރުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ފަންނީ ގޮންޖެހުންތަކެއް ހުރަސްކޮށްފައި ----މި ޓެކްނޮލޮޖީ ވިޔަފާރި އުސޫލުން އާންމުކޮށް ބޭނުންކުރަން ފެށުމުން، 3.2 މިލިއަން ގޭބިސީއަށް އެއްފަހަރާ ގިގަބިޓް ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި މިއީ އާންމުކޮށް ބޭނުންކުރާ އެއް ގިގަބިޓްގެ އިންޓަނެޓް ލައިނަކަށްވުރެ ގާތްގަނޑަކަށް 3.2 މިލިއަން ގުނަ އަވަސް ދުވެއްޔެކެވެ.
މި ތަޖުރިބާގައި ސައިންސްވެރިން ވަނީ 24 ކޯގެ ފައިބަރު އޮޕްޓިކް އޮނިގަނޑެއްގެ ތެރޭގައި އެސްޑީއެމް (ސްޕޭޝަލް ޑިވިޜަން މަލްޓިޕްލެކްސިން) އާއި އެސް+ސީ+އެލް މަލްޓި-ބޭންޑް ޓްރާންސްމިޝަން ޓެކްނޮލޮޖީ އެއްކޮށް ބޭނުންކުރެވިދާނެކަން ސާބިތުކޮށްދީފައެވެ. މި ދިރާސާގެ ތެރޭގައި ރިސާޗަރުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ފަންނީ ގޮންޖެހުންތަކެއް ހުރަސްކޮށްފައެވެ.
އޭގެ ތެރޭގައި 24 ކޯގެ ކޭބަލްގެ އެތެރޭގައި ޖެހިޖެހިގެން ހުރި ކޯތަކުން ފޮނުވާ ސިގުނަލްތައް އެކަކު އަނެކަކަށް އެސްޓަރޭޝަންވެ، މައުލޫމާތު ހަލާކުވިޔަނުދީ ހިފެހެއްޓުން ހިމެނެއެވެ. އަދި އެސް، ސީ، އަދި އެލް ފްރީކުއެންސީ ބޭންޑްތައް އެއްފަހަރާ ބޭނުންކުރާއިރު، ކޮންމެ ބޭންޑެއްގެ ތަފާތު ސިފަތަކާއި އޮޕަރޭޝަނަލް މިންގަނޑުތަކަށް ފެތޭގޮތަށް ސިގުނަލްތައް ކޮންޓްރޯލްކުރުން ހިމެނެއެވެ.
މި ކާމިޔާބީ އާންމު ލެބޯޓްރީ ތަޖުރިބާތަކާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، މި ދުވެލި ހޯދާފައިވަނީ ވިޔަފާރި އުސޫލުން ބޭނުންކުރެވޭ ފަދަ ހާޑްވެއާ އާކިޓެކްޗާއެއް ބޭނުންކޮށްގެން ވަގުތުން (ރިއަލް-ޓައިމްކޮށް) މައުލޫމާތު ފޮނުވައިގެން ކަމަށްވާތީއެވެ.
އެހެންކަމުން މިއީ ކުރިއަށް އޮތް ތަނުގައި އާންމު އަދި ކުންފުނިތަކުގެ ނެޓްވޯކްތަކުގައި އަމަލީގޮތުން ބޭނުންކުރެވިދާނެ އޮނިގަނޑެކެވެ. މީގެ އިދިކޮޅަށް، ސާފު އެކަޑެމިކް ލެބޯޓްރީ ތަޖުރިބާތަކުގައި 24 ކޯގެ ކޭބަލް ބޭނުންކޮށްގެން ސިކުންތަކު 5.29 ޕެޓާބިޓްސްގެ ދުވެލި ހޯދިފައިވީ ނަމަވެސް، އެއީ އާންމުކޮށް ބޭނުންނުކުރެވޭ ޚާއްޞަ އިކުއިޕްމަންޓްތަކާއެކު ހޯދާފައިވާ ތިއޮރެޓިކަލް ނަތީޖާތަކެކެވެ.