މާލޭ ޓެކްސީ ކާރެއް ހޮޅިދަނޑިއަކަށް އަރައި އެކްސިޑެންޓުވުމުން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

މާލޭ ޓެކްސީ ކާރެއް ހޮޅިދަނޑިއަކަށް އަރާފައި -- ފޮޓޯ: ވޮއިސް

މާލެ ޓެކްސީ ލައިންގެ ކާރެއް ޕޭމެންޓު މަތީގައި ހުރި ހޮޅިދަނޑިއަކަށް އަރައި އެކްސިޑެންޓުވުމުން އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް އަތުލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ބަގީޗާ ހިނގުމުގައި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދުގެ ފަތިހު 04:33 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ކާރުގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓު ތައް ވަނީ ވަރަށް އާންމުވެފައެވެ. ދާދި ފަހުން ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ދިޔަ ސައިކަލެއް އެކްސިޑެންޓުވި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ސައިކަލު ދުއްވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.

comment ކޮމެންޓް