ދަނޑުވެރިކަމަށް އޮތް ގޮންޖެހުންތަކާއި، ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މީދޫގައި ފޯރަމެއް

"ދަނޑުވެރިކަމުގެ ކުރިމަގު"ގެ ނަމުގައި ބޭއްވި ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ

އައްޑޫ ބިއުރޯއިން މަރިޔަމް ޝަޒްލީން

އައްޑޫ މީދޫގައި ގައުމީ ދަނޑުވެރިންގެ ދުވަސް އަދި ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުން، ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.

އެ ފޯރަމުގައި ވަނީ ދަނޑުވެރިކަމުގެ މުހިންމުކަމާއި، ދަނޑުވެރިކަމުގައި ހުރި ގޮންޖެހުންތަކާއި ބިންގަނޑު ރައްކާތެރިކޮށް، ޒަމާނީ ބަދަލުތަކާއި މޫސުމީ ބަދަލުތަކާއެކު ދަނޑުވެރިކަން ރަނގަޅު ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ފޯރަމް ފެށުމުގެ ކުރިން ސ. އަތޮޅު މަދަރުސާގެ ކުދިން ތައްޔާރުކޮށްފައިވާ މޮޑެލްތަކެއް އެ ކުދިން ވަނީ ހުށަހަޅާފައެވެ.

"ދަނޑުވެރިކަމުގެ ކުރިމަގު"ގެ ނަމުގައި ބޭއްވި ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ

މިއަދުގެ ރަސްމިއްޔާތު ވެސް ހުޅުއްވައި ދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުވެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމެވެ.

މިނިސްޓަރު ވިދާޅުވީ، ގިނަ ދަތުރުތަކެއް އައްޑުއަށް ކުރައްވާފައިވާއިރު މި ފަހަރުގެ ދަތުރުވެފައިވަނީ އެންމެ އުފެއްދުންތެރި، އެންމެ ހިތްހަމަޖެހުނު އެއް ދަތުރަށް ކަމަށެވެ.

https://sun.mv/229194

މީދޫގައި ކުރިޔަށްދިޔަ މި ހަރަކާތުގެ ތެރެއިން ފުޑް ސެކިއުރިޓީއާއި ދަނޑުވެރިކަމުގެ ކުރިމަގަށް ޒުވާނުން ނެރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން އައްޑޫ މީދޫ ކައުންސިލުން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފޯރަމްގެ ޕެނަލިސްޓެއްގެ ގޮތުން ބައިވެރިވެރިވެވަޑައިގެންނެވި، އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަސަން ދީދީ ވިދާޅުވެފައި ވަނީ މީދޫ ސްކޫލު ކުދިންގެ ވެސް ދަނޑުވެރިންގެ މަޢުލޫމާތު ފާހަގަކޮށްލެވޭ ވަރަށް ރަނގަޅަށް ހުރި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މީދޫގައި އަންނަނީ، ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަހާ ގުޅުންހުރި ހަރަކާތްތައް ބާއްވަމުންނެވެ.

comment ކޮމެންޓް