ދިރާގު ފައިބަ އިންޓަނެޓް ރައުޓަރު ހިލޭ އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ފައިބަ އިންޓަނެޓް ރައުޓަރު ހިލޭ އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަނީ ފަށާފަ.... ފޮޓޯ/ ދިރާގު

ދިރާގުގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން ހިލޭ ރައުޓަރު އަޕްގްރޭޑް ކުރެވޭ ޚާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް އިތުރު ފީއަކާ ނުލައި ރައުޓަރު އާކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބަ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕެކޭޖުތައް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން، ކުރީގެ ރައުޓަރު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަޕްގްރޭޑް ކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެއިތުރުން މި ވަގުތު މި ޝަރުތު ހަމަނުވާ ކަސްޓަމަރުންނަށް ވެސް، ފައިބަ ޕެކޭޖު 30 އެމްބީޕީއެސް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަންގެ ދަށުން ކުރީގެ ރައުޓަރު ހިލޭ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިލޭ ރައުޓަރު އަޕްގްރޭޑަށް އެދުމުގެ ފުރުސަތު ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ 'ފްރީ ރައުޓަރު އަޕްގްރޭޑް' ބެނާ މެދުވެރިކޮށް ވަރަށް ފަސޭހަކަމާ އެކު އަޕްގްރޭޑަށް އެދި ހުށަހެޅޭނެކަމަށް ދިރާގުން ބުނެއެވެ.

މި ޚިދުމަތަށް އެދޭ ކަސްޓަމަރުންނަށް ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކޮށްދިނުމުގެ އެންމެހައި ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ދިރާގުގެ ޓީމުން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް އަދި ޓެލެކޮމިއުނިކޭޝަން ޚިދުމަތް ފޯރުކޮށްދޭ އިސް ކުންފުންޏެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރައްޔިތުން ޑިޖިޓަލް ވަސީލަތްތަކުން ގުޅުވައިދީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުމެވެ.

comment ކޮމެންޓް