ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރަން އެމްއެފްޑީއޭއިން ޕްރޮގުރާމެއް ހިންގައިފި، 34 ފަރާތަކުން ބައިވެރިވި

އެމްއެފްޑީއޭއިން ކާބޯތަކެތި އުފައްދާ ތައްޔާރުކުރާ ފަރާތްތަކަށް ބޭއްވި ތަމްރީނު ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެފްޑީއޭ

ކާބޯތަކެތި އުފައްދާ ތައްޔާރުކުރާ ފަރާތްތަކަށް ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން ތިން ދުވަހުގެ ތަމްރީނު ޕްރޮގުރާމެއް ބާއްވައިފިއެވެ.

"އުފަކާރަ"އިގެ ނަމުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަސާސީ ތަމްރީނު ޕްރޮގުރާމެއް އެމްއެފްޑީއޭއިން އެންމެ ފުރަތަމަ ހިންގީ ލ. ގަމުގައެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 28ވަނަ ދުވަހާއި 29ވަނަ ދުވަހު ހިންގި އެ ޕްރޮގުރާމު ގަމުގައި 29 އަންހެނަކު އަންހެނަކު ވަނީ ފުރިހަމަކޮށްފައެވެ.

އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމްއެފްޑީއޭއިން ވަނީ މާލޭގައި ވެސް "އުފަކާރަ" ޕްރޮގުރާމު ކުރިއަށް ގެންގޮސްފައެވެ.

އެމްއެފްޑީއޭއިން ބުނީ މާލޭގައި ބޭއްވި ތަމްރީނު ޕްރޮގުރާމު 34 ބައިވެރިއަކު ފުރިހަމަކުރި ކަމަށެވެ.

https://sun.mv/222993

ފާހަގަކުރެވޭ ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަވައިދުތައް އެކުލަވައިލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓާކޮށް، ޓެސްޓުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކުން ވެސް އެތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ހޯދައި، ގޭގޭގައި ކާބޯތަކެތި ގެންގުޅުމުގައި ރައްކާތެރި ގޮތްތައް އިސްކުރުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކާބޯތަކެތީގެ ރައްކައުތެރިކަމަށް އޮންނަ އިތުބާރު ކުޑަވާ ފަދަ ކަންކަން ރާއްޖޭގައި ދޭތެރެއަކުން ކުރެއެވެ. އެގޮތުން ސާފުތާހިރު ނޫން ތަންތަނުގައި ކާބޯތަކެތި ހަދައިގެން ވިއްކާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

comment ކޮމެންޓް