ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ކޮލަމާާފުށި ކައިރީ އޮންނަ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި އޮންނަ ފަޅު ރަށްތަކަށް އެކި ބޭނުންތަކުގައި މީހުން ގޮސް އުޅޭއިރު، މީގެ ކުރިން ވެސް ބައެއް ފަހަރު ނުރައްކާތެރި ހާދިސާތައް ހިނގަައިފައި އެބަހުއްޓެވެ.