މިނިސްޓަރުން ހިމެނޭހެން 10 ބޭފުޅަކު ޕީއެންސީގެ ލީޑަޝިޕަށް ރައީސް އައްޔަނުކުރައްވައިފި

ޕީއެންސީގެ މަގާމުތަކަށް ބޭފުޅުން ހުވާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕީއެންސީ

މިނިސްޓަރުގެ ގޮތުގައި މިިހާރު ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންވާ ގޮތަށް 10 ބޭފުޅަކު ޕީއެންސީގެ ލީޑަޝިޕަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ މެންދުރު ދަންފަޅީގައި އޮތީ، ޕީއެންސީގެ އެކި މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރެއްވުމެވެ.

https://sun.mv/227667

މި ދަންފަޅި ހުށަހަޅައިދެއްވި، ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހިލްމީ ވަނީ، ރައީސް މުއިއްޒު އެ ޕާޓީގެ ލީޑަޝިޕަށް 10 ބޭފުޅަކު އައްޔަނުކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. އޭގެތެރެއިން ހަތް ބޭފުޅުން އައްޔަނުކުރައްވާފައި ވަނީ، މިނިސްޓަރު ފެންވަރުގައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެއީ:

ޕީއެންސީގެ ލީޑަޝިޕަށް އައްޔަނުކުރެއްވި މާލެ ސިޓީ ގުރޫޕް އޮފސް ހޮސްޕިޓަލްގެ ސީއީއޯ [ވ]އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް [ކ]--- ފޮޓޯ/ ޕީއެންސީ
  • ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
  • ހެލްތު މިނިސްޓަރު ގީލާ އަލީ
  • ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން
  • ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
  • ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު
  • ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ތަލާލް
  • ގަތަރުގައި ހުންނަވާ ސަފީރު އާދަމް ޝަރީފު އުމަރު

މީގެއިތުރުން، ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުންގެ ތެރެއިން ރައީސް މުއިއްޒު ވަނީ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ޕީއެންސީގެ ލީޑަޝިޕަށް އައްޔަނުކުރައްވާފައެވެ.

މި ހުރިހާ ބޭފުޅުން މެންދުރު ދަންފަޅީގައި ވަނީ ހުވާކުރައްވާފައެވެ.

comment ކޮމެންޓް