އެލައިޑުން ޕީއެސް5 ލިބޭ އިންސްޓަގްރާމް ގިވްއަވޭއެއް ފަށައިފި

އެލައޮޑުން ޕީއެސްއެއް ލިބޭ ގިވްއަވޭއެއް ފަށައިފި --- ފޮޓޯ: އެލައިޑް

އެލައިޑް އިންޝުއަރެންސްގެ ފޮލޯވަރުންނަށް ޕްލޭސްޓޭޝަން ފައިވް (ޕީއެސް5)އެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ސޯޝަލް މީޑިއާ ގިވްއަވޭ "މިޝަން ޕީއެސް5" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ ކެމްޕޭން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަަލަށެވެ.

އެލައިޑުން ބުނީ ގިވްއަވޭގައި ބައިވެރިވެވޭނީ ވަކި ކަންތައްތަކެއް ފުރިހަމަކުރާ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ކަމަށް ބުނެފައެވެ. އެގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް އެލައިޑް.އެމްވީ ފޮލޯކުރުން.
  • "މިޝަން ޕީއެސް5" ކެމްޕޭންގެ އަސްލު ޕޯސްޓަށް ލައިކް ދިނުން.
  • ކެމްޕޭން ޕޯސްޓުގައި ތިން ރަހުމަތްތެރިއަކު ޓެގްކޮށް ކޮމެންޓްކުރުން.
  • ކެމްޕޭން ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް (ޝެއާކޮށް)، @allied.mv ޓެގްކޮށްގެން ބޯނަސް އެންޓްރީއެއް ހޯދުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބޭނެ

އެލައިޑުން ބުނީ "މިޝަން ޕީއެސް5" ގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައި ކަމަށެވެ.

އެ ކެމްޕޭނަކީ އެލައިޑް އިންޝުއަރެންސްގެ އޮންލައިން ކޮމިއުނިޓީއަށް ހުޅުވާލައިގެން، ރަހުމަތްތެރިންނާއެކު މި ހަރަކާތުގައި ބައިވެރިވެ، ޕީއެސް5 އެއް މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

އެލައިޑުން ވަނީ އެ ގިވްއަވޭއާ ގުޅޭ އިތުރު ތަފްސީލާއި ބައިވެރިވެވޭނެ ޝަރުތުތައް އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

comment ކޮމެންޓް