ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބު އެމްޓީސީސީން ހޯދައިފިއެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ އެމްޓީސީސީން ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ފަސް ސެޓު ކުޅެގެން 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޕޫލަކަށް ބަހާލައިގެން ފެށި މި މުބާރާތުގެ ސެމީއަށް އެމްޓީސީސީ ދަތުރުކޮށްފައިވަނީ ޕޫލް ބީގެ ދެވަނަ ހޯދައިގެންނެވެ. މި ޕޫލްގެ އެއްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިންނެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ 20:30 ގައި ވެމްކޯ ބައްދަލުކުރަން ޖެހޭ ޓީމަކީ ޕޫލް އޭގެ ދެވަނަ ހޯދި ޕޮލިސް ކުލަބެވެ.
ވީއޭއެމް ކަޕުގެ އަންހެން ޑިިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެމްޓީސީސީ އަދި ހުރާ-- ސަން ފޮޓޯފައިނަލަށް އެމްޓީސީސީ ދަތުރުކުރި މެޗުގެ ފުރަތަމަ ސެޓު 25-23 އިން ހުރާ ކާމިޔާބުކޮށްފައިވާއިރު، މި ސެޓުގައި ހުރާ ތަފާތު ދެއްކީ ސެޓުގެ ފަހުކޮޅު ފަހަތުން އަރާ މެޗުގެ ލީޑު ނަގައިގެންނެވެ.
ދެވަނަ ސެޓު 15-25 އިން ކުލަބު އެމްޓީސީސީ ކާމިޔާބުކޮށްފައިވާއިރު، ތިންވަނަ ސެޓު 25-20 އިން ކާމިޔާބުކުރީ ހުރާ ކޮމިއުނިޓީ ކުލަބެވެ. އަދި ހަތަރުވަނަ ސެޓު 25-15 އިން އެމްޓީސީސީ ކާމިޔާބުކުރުމާއެކު ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ އެމްޓީސީސީން ކަށަވަރުކުރީ 12-15 އިން ސެޓު ކާމިޔާބުކޮށްގެންނެވެ.
ވީއޭއެމް ކަޕުގެ އަންހެން ޑިިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެމްޓީސީސީ އަދި ހުރާ-- ސަން ފޮޓޯވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. ސަބްސްކްރިޕްޝަން އާއެކު ސަން ޕްލޭ އެޕުން މުބާރާތުގެ ކޮންމެ މެޗެއް ބެލުމުގެ ފުރުސަތު ލިބެއެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އަގަކީ 30 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލްގައި މެޗު ޓިކެޓު ވިއްކަން ފަށާނެއެވެ.
މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މިރޭ ޕޮލިސް ކުލަބާއި ވެމްކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.