ފީބާ އޭޝިއާ ކަޕް 2029 ގެ ޕްރީ-ކޮލިފައިން ފުރަތަމަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ސްރީ ލަންކާ އަތުން ބަލިވެއްޖެއެވެ.
ކަޒަކިސްތާނުގެ އަލްމަޓީގައި ހުންނަ ބަލުއާން ޝޯލަކް ސްޕޯޓްސް ޕެލަސްގައި އިއްޔެ ކުޅުނު މެޗު ލަންކާއިން ކާމިޔާބުކުރީ 65-107 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ މުޙައްމަދު ނާފް އިރްޝާން ވަނީ 15 ޕޮއިންޓް ހޯދައިދީފައެވެ.
ޖުމްލަ 18 ޤައުމަކުން 4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޤައުމުތަކަކީ ލަންކާގެ އިތުރުން ކިރްގިޒްސްތާން، ކަޒަކިސްތާން އަދި ފަލަސްތީނެވެ.
ފީބާ އޭޝިއާ ކަޕް 2029 ގެ ޕްރީ-ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ އެމްބީއޭމުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ފަލަސްތީނާ ދެކޮޅަށް ނުކުންނައިރު، މި ބުރުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު ވާދަކުރާނީ ކިރްގިޒްސްތާނާއެވެ.
މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ ޕްރީ-ކޮލިފައިން ބުރުން ކުރިހޯދާ ޓީމުތަކަށް މެއިން ކޮލިފިކޭޝަނުން ފުރުސަތު ލިބޭނެއެވެ. އަދި އޭގެ ތެރެއިން އެންމެ މޮޅު 16 ޤައުމު، 2029 ވަނަ އަހަރު ބާއްވާ ފީބާ އޭޝިއާ ކަޕަށް ކޮލިފައިވާނެއެވެ.