މާލޭގެ ގެޔަކުން ގޭސް ލީކުވެ، އަންހެނަކު މަރުވެއްޖެ

ދިލްކުޝާ ގޯޅީގައި ފުލުހެއް: ގޭސް ލީކުވެގެން ޚަބަރު ހުސްވި މީހަކު ގެންގޮސްފައިވޭ -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުالله

މާލޭގެ ގެޔެއްގައި ގޭސް ލީކުވެ، އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، މާލެ، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި މަރުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.

މީގެ އިތުރުން، ހާލު ދެރަވި 19 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް