އޮފީސް މަސައްކަތްތަކަށް ޚާއްސަކޮށްގެން ކީބޯޑަކާއެކު އެޗްޕީ ބްރޭންޑްގެ އައު ޓެބްލެޓެއް ނެރެފި

މި ޓެބްލެޓަކީ މެޓަލް ފްރޭމަކާއި ބެކް ޕެނަލަކާ އެކު ވަރަށް ވަރުގަދަކޮށް ފަރުމާކޮށްފައިވާ ޑިވައިސްއެއް --

އޮފީސް މަސައްކަތްތަކަށް ޚާއްސަކޮށްގެން ކީބޯޑަކާ އެކު އެޗްޕީ ބްރޭންޑުގެ އައު ޓެބްލެޓެއް ކަމަށްވާ "އެޗްޕީ އޮމްނީޕެޑް 12" ބާޒާރަށް ނެރެފިއެވެ.

ބަޖެޓް ލެޕްޓޮޕްތަކުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ނެރުނު މި ޑިވައިސް އަމާޒުކޮށްފައި ވަނީ ދަތުރުފަތުރުކުރަމުން މަސައްކަތްކުރާ ފަރާތްތަކަށެވެ. މީޓިއޯ ސިލްވާ ކުލައިގައި ލިބެން ހުންނަ މި ޓެބްލެޓް ވިއްކަނީ 514 އެމެރިކާ ޑޮލަރަށެވެ.

މި ޓެބްލެޓަކީ މެޓަލް ފްރޭމަކާއި ބެކް ޕެނަލަކާ އެކު ވަރަށް ވަރުގަދަކޮށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. މީގެ ބޯމިނުގައި ހުންނަނީ 7.3 މިލިމީޓަރެވެ. ވަކިން ޓެބްލެޓްގެ ބަރުދަނުގައި 600 ގްރާމް ހުންނައިރު، މި ޑިވައިސްއާ އެކު ލިބޭ ޑިޓެޗަބަލް ކީބޯޑު ފޯލިއޯ ކޭހުގެ ބަރުދަނުގައި 650 ގްރާމް ހުރެއެވެ. އެހެންކަމުން ދެބައި އެކުގައި ބަރުދަން 1.25 ކިލޯގްރާމަށް އަރައެވެ.

https://sun.mv/225363

އެޗްޕީ އޮމްނީޕެޑް 12 ގައި ހިމަނާފައި ވަނީ 2ކޭ ރިޒޮލިއުޝަންގެ (2000 x 1200 ޕިކްސެލްސް) 12 އިންޗީގެ އެލްސީޑީ ޓަޗް ޑިސްޕްލޭއެކެވެ. އަދި 90ހާޓްޒް ރިފްރެޝް ރޭޓް އަދި 100 ޕަސެންޓް އެސްއާރުޖީބީ ކަވަރޭޖް ލިބޭ މި ސްކްރީނަކީ ލިޔުންތައް ކިޔުމަށާއި، ޕްރެޒެންޓޭޝަން ހެދުމަށާއި، ފޮޓޯ އެޑިޓްކުރުމަށް އަދި ވީޑިއޯ ބެލުމަށް ސާފު އަދި ތޫނު ޑިސްޕްލޭއެކެވެ. މީގެ އިތުރުން މީގައި ހިމެނޭ ކުއަޑް ސްޕީކަރު ސެޓަޕްގެ ސަބަބުން އަޑު ސާފުވެފައި އަޑުގަދަކަން ފާހަގަކުރެވެއެވެ.

ޕާފޯމަންސަށް ބަލާއިރު، މި ޓެބްލެޓުގައި ބޭނުންކޮށްފައިވަނީ ސްނެޕްޑްރެގަން އެސްއެމް6475ކިއު (ހެކްސާ-ކޯ ނުވަތަ 6 ކޯ ގެ ސްނެޕްޑްރެގަން 6 ޖެން 3) ޕްރޮސެސަރެކެވެ. މި ޑިވައިސްގައި 8ޖީބި އެލްޕީޑީޑީއާރު5 ރެމް އަދި 256ޖީބީ އާ ހަމައަށް ސްޓޯރޭޖް ހިމެނެއެވެ. ނަމަވެސް އެއްފަހަރާ ގިނަ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި (މަލްޓިޓާސްކިންގައި) ލަސްވުންތަކާއި ސްޓަޓާ ދިމާވާތީ، ވާދަވެރި އެހެން ޓެބްލެޓްތަކާ އަޅާބަލާއިރު މީގެ ބާރު ވަރަށް ބޮޑަށް ދަށްކަން ބެންޗްމާކް ޓެސްޓުތަކުން ދައްކައެވެ.

މީޓިއޯ ސިލްވާ ކުލައިގައި ލިބެން ހުންނަ މި ޓެބްލެޓް ވިއްކަނީ 514 އެމެރިކާ ޑޮލަރަށް --

މި ޓެބްލެޓް ހިންގަނީ އެންޑްރޮއިޑް 16 ގައެވެ. ކީބޯޑު ގުޅާލުމާ އެކު، ވިންޑޯޒް ލެޕްޓޮޕެއްގެ ސިފަ ލިބިގެންދާ "ޑެސްކް މޯޑް" އަށް ބަދަލުކޮށްލެވެއެވެ. އަދި ކީބޯޑު ވަކިކޮށްލުމުން އާދައިގެ ޓެބްލެޓް މޯޑަށް ބަދަލުވެގެންދެއެވެ. ވިންޑޯޒް ކީބޯޑު ޝޯޓްކަޓްތަކާއި ބައެއް މުހިންމު ކޮންޓްރޯލްތައް މި ކީބޯޑުން ފަސޭހަކަމާއެކު ބޭނުންކުރެވެއެވެ.

ކެމެރާ އަދި ކީބޯޑުގެ ބަޔަށް ބަލާއިރު، ފަހަތުގައި 13 މެގަޕިކްސެލްގެ ކެމެރާއެއް އަދި ކުރިމަތީގައި ވީޑިއޯ ކޯލްތަކަށް ރަނގަޅު ވައިޑް ފީލްޑް-އޮފް-ވިއު އެއް ލިބޭ 8 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނެއެވެ. މި ޑިވައިސްގެ ކީބޯޑުގައި ލިޔަން ފަސޭހަ ނަމަވެސް، ކީބޯޑުގެ ބެކްލައިޓް ނެތުމާއި، ޓްރެކްޕެޑް ކުޑަވެފައި ފިތަން އުނދަގޫވުން ފާހަގަކުރެވެއެވެ.

ބެޓެރީގެ ގޮތުގައި 31Wh ގެ ބެޓެރިއެއް ހިމަނާފައިވާއިރު، މިއީ 33ވޮޓްގެ ޗާޖަރެއް އެކުލެވޭ ޓެބްލެޓެކެވެ. މުޅި ދުވަހުގެ މަސައްކަތްތަކަށް ފުދޭވަރަށް ބެޓެރި ހިފަހައްޓާއިރު، ޕީސީ މާކް ބެޓެރީ ޓެސްޓުގައި 16 ގަޑިއިރާއި 29 މިނެޓަށް ޗާޖު ހިފެހެއްޓިއެވެ. ނަމަވެސް، ފުރިހަމައަށް 100 ޕަސެންޓަށް ޗާޖުވާން ގާތްގަނޑަކަށް 2 ގަޑިއިރާއި 1 މިނެޓު ނަގާތީ ޗާޖުވުމުގެ ދުވެލި ލަސްކަމަށް ފާހަގަކުރެވެއެވެ.

މި ޓެބްލެޓަކީ ބުރަ އޮފީސް މަސައްކަތްތައް ކުރާ ލެޕްޓޮޕެއް އެއްކޮށް ރިޕްލޭސްކުރެވޭ ވަރަށް ވުރެ ޕްރޮސެސަރު ދަށް ޑިވައިސްއަކަށް ވިޔަސް، ދަތުރުފަތުރުކުރާ މީހުންނަށާއި ނޯޓް ނެގުމާއި ކިޔެވުމުގެ ބޭނުންތަކަށް ކޮލެޖް ދަރިވަރުންނަށް މިއީ ބޭނުންތެރި ރަނގަޅު އޮޕްޝަނެކެވެ. ނަމަވެސް ހަމައެކަނި ޓެބްލެޓެއްގެ ބޭނުމުގައި މި އަގުގެ ރޭންޖުން ބަލާނަމަ ބޭސް އައިޕެޑް އޭ16 ނުވަތަ ޝައޯމީ ޕެޑް 8 ފަދަ ޓެބްލެޓްތައް ރަނގަޅު ޗޮއިސްއަކަށް ވެދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު