މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މިދިޔަ މަހުގެ ނުވަނަ ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ ދޯނި ހޯދައި ދޯނީގެ ކެޕްޓަންގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ނިމުނު މަހުގެ ނުވަނަ ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ ދޯނި ވަނީ މަޑުނުކޮށް ފިލައިގެން ގޮސްފައެވެ.
މި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދީފަފައިވާއިރު، އެކްސިޑެންޓުވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި "ލީޖަން 1" ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިއެވެ.
މި ހާދިސާއާ ގުޅިގެން ހުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ނިމުނު މަހުގެ ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ނިމުނު ހޮނިހިރު ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު އެ ދޯނި ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފަފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ފުލުހުން އެ އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށާއި، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައިވާއިރު ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އެ ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަނާ ސުވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އޭގެއިތުރުން ތަހުގީގީ މަރުހަލާގެ ތެރެއިން ކެޕްޓަންގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުންގެ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް އެ ޚިދުމަތުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ މިބާވަތުގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ.