ބައްޕައާ ނުލާ ކުރިއަށްދާނެ ގޮތެއް ނޭނގޭ، ކެރިއަރު ނިންމާލުން އޮތީ ދުރަކު ނޫން: މެސީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު މެސީ--

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީގެ ބައްޕަ ޖޯޖް މެސީ މަރުވުމާ ގުޅިގެން، ފުޓްބޯޅަ ކުޅުން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް މެސީ ދީފިއެވެ.

އުމުރުން 39 އަހަރުގެ މެސީ މި އިޝާރާތް ކޮށްފައިވަނީ އޭނާގެ ބައްޕަ މަރުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުން ފުރިގެންވީ މެސެޖެއްގައެވެ.

އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ މަރުވީ ކެންސަރު ބަލީގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ބައްޕަގެ ޖަނާޒާއަށްފަހު އެމެރިކާގެ އިންޓަ މިއާމީ ކްލަބަށް އެނބުރި ގޮސް މެސީ އިންސްޓަގްރާމްގައި ލިޔެފައިވަނީ، އޭނާގެ މުޅި ހަޔާތުގައިވެސް ކުރި ހަމައެކަނި ކަމަކީ ފުޓްބޯޅަ ކުޅުން ކަމަށާއި، ނަމަވެސް އިތުރަށް ގިނަ ދުވަހު ކުޅުމުގައި ދެމިހުންނާނެކަމާމެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ.

މެސީއާއެކު އޭނާގެ ބައްޕަ--

މީގެ އިތުރުން ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަމަށާއި، ކެރިއަރު ނިންމާލުމާ މާ ދުރުނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މެސީގެ އޭޖެންޓެއްގެ ރޯލުވެސް އަދާކުރި ބައްޕައަށް ނިސްބަތްކޮށް މެސީ ބުނެފައިވަނީ، ވޯލްޑް ކަޕް ފައިނަލަށް ދެވުމުން ބައްޕަ އެ މެޗު ބަލަން އަންނާނެ ކަމަށް އުންމީދުކުރި ކަމަށެވެ.

ނަމަވެސް މުބާރާތް ފެށުމުގެ މާ ކުރިން ބައްޕަގެ ހާލު ގޯސްވުމުގެ ސަބަބުން މުބާރާތަށް ނާދެވުނު ކަމަށާއި، ބައްޕައަށްޓަކައި ތަށި ހޯދައިދޭން ކުރި މަސައްކަތުގައި ޖިސްމާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށް މެސީ ފާހަގަކުރިއެވެ.

މެސީ ވަނީ އޭނާގެ ދަރިން ބޮޑެތިކުރުމުގައި ބައްޕަ ދިން ތަރުބިއްޔަތާއި އިރުޝާދުތަކުގެ މަތީގައި ދެމިހުންނާނެ ކަމުގެ އަޒުމް ކަނޑައަޅައިފައެވެ.

comment ކޮމެންޓް