ހޮންގް ކޮންގުގައި ކުރިއަށްދާ 14 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމެއް ކަމަށްވާ މެލޭޝިއާ އަތުންވެސް ބަލިވެއްޖެއެވެ.
މެލޭޝިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 32-78 ޕޮއިންޓުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން 19-81 އިން ރާއްޖެ ބަލިވެފައިވާއިރު، މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު މެލޭޝިއާއިން ގެންދިޔައީ 8-18 އިންނެވެ. ދެވަނަ ކުއާޓަރު 6-23 އިން އަދި ތިންވަނަ ކުއާޓަރު 8-20 އިން މެލޭޝިއާއިން ކާމިޔާބުކުރިއިރު، މެޗުގެ ފަހު ކުއާޓަރު އެ ޓީމުން ކާމިޔާބުކުރީ 10-17 އިންނެވެ.
އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން--1985 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ނެޓްބޯޅައިގައި އެންމެ ނުފޫޒުގަދަ އަދި ގަވާއިދުން އެންމެ ރަނގަޅު ނަތީޖާ ނެރެމުންދާ ތިން ގައުމަކީ ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ސްރީލަންކާއެވެ.
"ކަޕް ޑިވިޝަން" ގައި ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި، ޖެހިޖެހިގެން ފަސް ދުވަހު ފަސް މެޗު ކުޅެންޖެހުމަކީ ގައުމީ ޓީމަށް ބޮޑު ގޮންޖެހުމަކަށް ވީނަމަވެސް، މިއީ ބައިނަލްއަގުވާމީ ތަޖުރިބާއާއި ކުރިއެރުން ހޯދުމަށް ދިވެހި ޓީމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން--ރާއްޖޭގެ ތިންވަނަ މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެއަށްފަހު ހަތަރުވަނަ މެޗުގައި 11 ވަނަ ދުވަހުގެ 16:00 ގައި ހޮންގް ކޮންގާ ދެކޮޅަށް ކުޅޭއިރު، ފަސްވަނަ މެޗުގައި 12 ވަނަ ދުވަހުގެ 15:00 ގައި ރާއްޖެ ވާދަކުރާނީ ސްރީ ލަންކާއާއެވެ.
މި ބުރުގެ ނަތީޖާތަކަށްފަހު އެންމެ ކުރީގައި އޮންނަ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެއެވެ.