ހަ އަތޮޅެއްގައި 15 ރިސޯޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ ހަތަރު އިއުލާނެއްގައިވާ ގޮތުން، ރިސޯޓު ހަދާނެ ބަޔަކު އިއުލާނުކުރީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ލ. އަތޮޅުގެ އިތުރަށް އައްޑޫ ސިޓީގައެވެ.
އޭގެތެރެއިން، ހއ. އަތޮޅާއި ހދ އަތޮޅާއި ށ. އަތޮޅުން ހުޅުވާލީ ފަޅުތަކެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށެވެ. އަދި، ށ. އަތޮޅާއި ނ. އަތޮޅުން ރިސޯޓު ހަދަން ދެނީ، ފަޅުތަށްތަކެކެވެ.
ރިސޯޓު ހަދަން ކުއްޔަށް ދޭ ފަޅުތައް:
- ހއ. މާދުނި ފަރު އެކަކާއި ދެއަކާއި ތިނެއް
- ހދ. މަކުނުދޫ ފަރު ދޭއް
- ހދ. މާފަރު ފަޅު އެކަކާއި ދެއަކާއި ތިނެއް
- ށ. ގޮނާ ފަރު އެކަކާއި ދެއަކާއި ތިނެއް

ނ. މާފަރު: އެ ރަށު ފަޅުގެ ތިން ސަރަހައްދެއްގައި ރިސޯޓް ހަދާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި ---
އެ އަތޮޅުން ކުއްޔަށް ދޭ ފަޅުތަކުގެ ބޮޑުމިނުގައި 200 ހެކްޓަރު ހުންނައިރު، އެ ކަމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާ ސުންގަޑިއަކީ އަންނަ ނޮވެންބަރު 18އެވެ.
މިނިސްޓްރީން، އައްޑުއާއި ހދ. އާއި ލއަތޮޅުގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަނީ ހަލާލު ޓުއަރިޒަމްގެ މޮޑަލަށެވެ.
މިގޮތުން. ހދ. މަކުނުދޫ ފަޅުގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހަދަން އިއުލާނުކުރިއިރު، ލ. ފޮނަގާދޫގައި ރިސޯޓު ހަދަނީ 100 އެނދުގެ ކެޕޭސިޓީއަށެވެ. އަދި، އައްޑޫ ދޮންހެރައާއި އެ ރަށާ ޖެހިގެން އޮންނަ 0.85 ހެކްޓަރުގެ ކުޑަ ފަޅުރަށުގައި އަޅަނީ، މަދުވެގެން 100 އެނދުގެ ރިސޯޓެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ރިސޯޓު ހަދަން ކުުއްޔަށް ދޫކުރާ ފަޅު ރަށްތަކުގެ ތެރޭގައި ށ. ނަލަންދުއާއި ނ. ފަރުމުލި ހިމެނެއެވެ. އޭގެތެރެއިން ނަލަންދޫގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެންބަރު 23އެވެ. އަދި، ނޮވެންބަރު 17ގެ ކުރިން ފަރުމުލީގައި ރިސޯޓު ހަދަން ބީލަން ހުށަހަޅަން ޖެހެއެވެ.
މިނިސްޓްރީން މި ހުރިހާ ތަންތަނެއް ވެސް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.