ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ 'ދިރާގު މާލޭ އޯޕަން 2026' ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު، ވީހާވެސް ގިނަ ފެތުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ ނުވައެއްގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އަދި 22 ގައި މާލޭ ރަސްފަންނު ސަރަހައްދުގައެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ބޭނުންވާ ހޭލުންތެރިކަން އުފެއްދުމަކީ ވެސް މި ހަރަކާތުގެ މުހިންމު އެއް އަމާޒެވެ.
ދިރާގުން ބޭއްވި ފެތުމުގެ ރޭހެއްގެ ތެރެއިން.. ފޮޓޯ/ ދިރާގުމުބާރާތުގެ ކެޓަގަރީތަކާއި ރަޖިސްޓްރޭޝަން:
މި އަހަރުގެ މުބާރާތުގައި އެއް ކިލޯމީޓަރު، 500 މީޓަރު، އަދި 250 މީޓަރުގެ ރޭސްތައް ހިމެނެއެވެ. އަދި މުޅިން އަލަށް މި އަހަރު ވަނީ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވެސް ތައާރަފްކޮށްފައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސްވިމް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ.
ވޭތުވެދިޔަ އަހަރު ބޭއްވި މުބާރާތަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އުމުރުން ހަ އަހަރުގެ ކުޑަކުދިންނާއި 70 އަހަރުން މަތީގެ ދޮށީ އުމުރުގެ ފަރާތްތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށެވެ. މި މުބާރާތަކީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯރިގަދަ ހަރަކާތަކަށް ވެގެންދާނެއެވެ.
ދިރާގަކީ އަބަދުވެސް އެ ކުންފުނީގެ ކަސްޓަރުންނަށް ފައިދާހުރި މިފަދަ އެތަކެއް ހަރަކާތްތަކެއް ރާވާ ހިންގާ ކުންފުންޏެއްކަން ފާހަގަކޮށްލަންޖެހެއެވެ.