ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ގިމަރޭސް، އާސެނަލްއަށް ބަދަލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެ ކްލަބުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ އާސެނަލަށް ބަދަލުވުމުގެ ފަހުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ގިމަރޭސް މިހާރު ވަނީ ނިއުކާސަލްގެ ކުޅުންތެރިންނަށް މިކަން ހިއްސާކޮށްފައެވެ.
މި ހަފުތާގެ ތެރޭގައި ބްރެޒިލްގެ މިޑްފީލްޑަރުގެ މެޑިކަލް ޓެސްޓުތައް ކުރިއަށްގެންދިއުމަށް އާސެނަލުން އަންނަނީ ތައްޔާރުވަމުންނެވެ. މި ޓްރާންސްފާގެ އަގު ރަސްމީކޮށް ކަށަވަރުވެފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން އޭނާ ގެންދަނީ 80 މިލިއަން ޕައުންޑަށެވެ.
2022 ވަނަ އަހަރު ފްރާންސްގެ ލިއޯންއިން ނިއުކާސަލަށް ގުޅުނު އުމުރުން 28 އަހަރުގެ ގިމަރޭސްއަކީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އައު ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.
ރިޕޯޓުތައް ބުނާގޮތުން މި ހަފުތާގެ ތެރޭގައި އާސެނަލުން މިކަން ރަސްމީކޮށް އިއުލާނުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.