ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ ތޮށްޓަށް އާންމު އުޅަނދުތަކަށް ކައިރިނުކުރެވޭނެ

މާލޭގެ ބޮޑުތަކުރުފާޏު މަގުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރި ސެގްމެންްޓް: ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު ތޮށި، އާންމު އުޅަނދުތަކަށް މަނާކޮށްފި -- ފޮޓޯ: އެމްޓީސީސީ

ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދާ ދިމާލަށް އޮންނަ އެއްގަމު ތޮށްޓަށް، އާންމު އުޅަނދުފަހަރަށް ކައިރިނުކުރެވޭނެކަން އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިރޭ ހަނދާންކޮށްދީފިއެވެ.

ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނޭ ބިލްޑިންގާ ހަމައަށް އެއްގަމު ތޮށި މީގެ ކުރިން ވެސް ބޭނުންކުރީ ޑިފެންސް މިނިސްޓްރީގެ ބޭނުމަށެވެ. އެ ސަރަހައްދުގައި އާންމުކޮށް އަޅާފައި އޮންނަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ އުޅަނދުފަހަރާއި ޑިންގީތަކެވެ.

ނަމަވެސް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަަށް ތަރައްގީކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމަށް އެ ސަރަހައްދު އެއްކޮށް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުން އެ ސަރަހައްދަށް އާންމު އުޅަނދުތައް ވެސް އަންނަނީ ކައިރިކުރަމުންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން މިރޭ ވަނީ އެ ސަރަހައްދަކީ ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ޚާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށް އިއުލާނުކޮށްފައެވެ.

https://x.com/MIHUDmv/status/2084628747354087836

މިނިސްޓްރީން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ އެ ސަރަހައްދަކީ ހަމައެކަނި ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ޚާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށާއި، މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮށްޓަށް މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ އެންމެ ފަހުން ތަރައްގީކުރި ބައި ހަދައިފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. އެ މަސައްކަތް ފަށާފައިވަނީ މާޗު މަހު ކަމަށްވާއިރު، މަސައްކަތް ނިންމައި މަގު ހުޅުވާލީ މިދިޔަ މަހުގެ 24ގައެވެ.

comment ކޮމެންޓް