ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2026 ގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ 8 ޓީމަކާއެކު މިމަހުގެ 12 ގައި މުބާރާތް ފަށަން ތައްޔާރުވެއްޖެއެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 12 އިން 20 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ދެ ޕޫލަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ޕޫލް އޭގައި ހިމެނެނީ ކުލަބު އެޗްޑީސީ، ޕޮލިސް ކުލަބު، ޔުނައިޓެޑް ހެންވޭރިއަންސް އަދި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ.

މުބާރާތުގެ ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް
ޕޫލް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ކުލަބު އެމްޓީސީސީ އަދި ސަން ސްޕޯޓްސް ކުލަބެވެ.
އެންމެ ފަހުން ބޭއްވި ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ. މިދިޔަ އަހަރު ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދީ ފައިނަލުގައި އެޗްޑީސީއާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.