މާޒިޔާގެ އައު ކޯޗަކަށް ޗެކިއާގެ ޓްރޫޗާ

މާޒިޔާގެ އައު ކޯޗަކަށް އައްޔަނުކުރި ޓްރޫޗާ-- ފޮޓޯ: މާޒިޔާ

އެތައް ބަދަލުތަކަކަށްފަހު، ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އައު ހެޑް ކޯޗުގެ މަގާމަށް ޗެކިއާގެ ތޯމަސް ޓްރޫޗާ އައްޔަންކޮށްފިއެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ޓްރޫޗާއަކީ ޔޫރަޕާއި، އެފްރިކާ އަދި އޭޝިއާގެ ތަފާތު ގުޅުންހުރި ކްލަބުތަކުގައި ކޯޗިންގެ ތަޖުރިބާ ހޯދާފައިވާ މާހިރެކެވެ.

މާޒިޔާއިން އައު ބިދޭސީ ކޯޗެއް ހަމަޖެއްސީ، މިދިޔަ ސީޒަނުގައި އެ ޓީމަށް ދިވެހި ޕްރިމިއަރ ލީގާއި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިން ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ އެއްބަސްވުން ހަމަވުމުންނެވެ.

ލުއިސްމާގެ އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗެވެ.

އޭގެ ފަހުން، އެފްއޭ ކަޕުގައި މާޒިޔާގެ ކޯޗިންގެ ޒިންމާތަކާ ވަގުތީގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު (ކޮއްކޮ) އެވެ.

..

މާޒިޔާގެ އައު ކޯޗަކަށް އައްޔަނުކުރި ޓްރޫޗާއާއެކު ކުލަބުގެ ޗެއާމަން-- ފޮޓޯ: މާޒިޔާ

އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބުރު ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ބަލިވި ނަމަވެސް، ކޮއްކޮގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ މި ސީޒަން ހުޅުވި މެޗުގައި ނިއު ރޭޑިއަންޓް ޕެނަލްޓީގައި ބަލިކޮށް، ހަތްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

އައު ކޯޗު ޓްރޫޗާge އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅޭ ފުރަތަމަ މެޗަކީ، 18 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވާ ކަޕް ވިނާސް ކަޕުގައި މާދަމާރޭ އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު