އަންހެނުންގެ 50 މީޓަރު ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑު ސާރާ އާކޮށްފި

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އައުކުރި ސާރާ މުޙައްމަދު--

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގް ޗެމްޕިއަންޝިޕް 2026 ގައި، އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އައުކޮށްފިއެވެ.

ސާރާ މި ރެކޯޑު އައުކޮށްފައިވަނީ 00:35.75 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ފެތުންތެރިންގެ ތެރޭގައި ހިމެނޭ އައިޝަތު ސާޖިނާއެވެ.

ސާޖިނާ މި ރެކޯޑު ހަދާފައިވަނީ 2016 ވަނަ އަހަރު މެލޭޝިޔާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭޝިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސްގައި 00:37.17 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއީ ގާތްގަނޑަކަށް 10 އަހަރަށްފަހު މި އިވެންޓުގެ ރެކޯޑު މުގުރާލެވުނު ފުރަތަމަ ފަހަރެވެ. ސާރާގެ މި ކާމިޔާބީއާއެކު، އޭނާ ވަނީ ކުރީގެ ރެކޯޑަށްވުރެ 1.42 ސިކުންތު އަވަހަށް އިވެންޓު ނިންމައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފެތުންތެރިން ހޯދަމުންދާ މިފަދަ ކާމިޔާބީތަކަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު