މި މަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިންމައިލެވޭނެ: އެޗްޑީސީ

ސިޓީ ހޮޓާ: މީޑިއާ ވިލެޖުގެ މަސައްކަތްތައް މި މަހު ނިމޭނެ ކަމަށް އެޗްޑީސީން ބުނޭ --- ސަން ފޮޓޯ

މި މަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިމޭނެ ކަމަށް، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ކުލަ ލުމާއި އޮފީސް ޕާޓިޝަން ޖެހުން ފަދަ ކުދިކުދި މަސައްކަތްތައް ކަމަށެވެ. އަދި އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައިލުން ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިންމައި މި އަހަރުގެ މެދުތެރޭ ބޭނުންކުރަން ފެށޭ ވަރު ވާނެއެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަނީ "މެންހެޓަން ގްރޭންޑް ހޮޓެލް،" ނުވަތަ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފަޅަށް ދޫކޮށްލައިފައި އޮތް ސިޓީ ހޮޓަލުގައެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ސިޓީ ހޮޓަލުގެ އެންމެ ތިރީ ފަންގިފިލާގައި ތަރައްގީކުރާ މީޑިއާ ވިލެޖުގައި 34 ޖާގައެއް ހިމެނެއެވެ.

ފާހަގަކުރެވޭ ގޮތުގައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތްދީ މީޑިއާ ވިލެޖެއް ގާއިމްކުރާނެކަން ރައީސް ހާމަކުރެއްވީ މެއި ތިނެއް، 2024ގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުއްވި ޚާއްސަ ޚިޠާބެއްގައެވެ. އޭގެ ފަހުން މީޑިއާ ވިލެޖު ގާއިމްކުރުމުގެ މަޝްވަރާތައް ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅެވެ.

އެއަށްފަހު، ސިޓީ ހޮޓަލުގައި، މީޑިއާ ވިލެޖު ހިމެނޭހެން އިތުުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ'ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ 20ވަނަ ދުވަހެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ކުދި މަސައްކަތްތަކެވެ. މީގެ ތެރޭގައި ފާރުތަކުގައި ކުލަލުމާއި އޮފީސް ޕާޓިޝަން ޖެހުން ހިމެނެއެވެ. މީޑިއާ ވިލެޖު ގާއިމުކުރެވެނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ކުރީގެ ސިޓީ ހޮޓަލުގެ އެންމެ ތިރީ ފަންގިފިލާގައެވެ. މި މަޝްރޫޢުގެ ދަށުން މީޑިއާތަކަށް ޚާއްޞަކޮށްގެން 34 ޖާގަ ތަރައްޤީކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން އިނާޔަތްދީ، ޚާއްޞަ ވިލެޖެއް ގާއިމުކޮށްދެއްވާނެކަން މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އިއުލާނުކުރައްވާފައެވެ. އަދި މި އިމާރާތް ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް، ދުބާއީގެ ކުންފުންޏެއްގެ ދަށުން ހިންގާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކުރެވިފައެވެ.

  • މި މަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ ހުރިހާ މަސައްކަތެއް ނިންމައިލުމަށް އެޗްޑީސީން އަމާޒުހިފައިފި.
  • މިހާރު ކުރިއަށްދަނީ ފާރުތަކުގައި ކުލަލުމާއި އޮފީސް ޕާޓިޝަން ޖެހުން ފަދަ ކުދި މަސައްކަތްތައް.
  • މީޑިއާ ވިލެޖު ގާއިމުކުރަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިޓީ ހޮޓަލުގެ އެންމެ ތިރީ ފަންގިފިލާގައި.
  • މީޑިއާތަކަށް ޚާއްޞަކޮށްގެން މި މަރުކަޒުގައި 34 ޖާގަ ތަރައްޤީކުރެވޭނެ.
  • ސިޓީ ހޮޓާ ފަސްތަރީގެ ފެންވަރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ.
comment ކޮމެންޓް