12 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އެމްޑީ ސިއަމް އަހްމަދާއި 35 އަހަރުގެ ރޮބެލް މިއަހްއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެ މީހުންނާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރު ކުރުން މި ފަހުން ވަނީ އާއްމުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބަނގްލަދޭޝްގެ މީހުން ހިމެނެއެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް 12 ފުޅި ބަނގުރަލާއެކު ބަންގްލަދޭޝްގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 21 އަހަރާއި 35 އަހަރުގެ މި ދެ މީހުންނާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މިފަދަ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

  • މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރާ އަތުލައިގަތުން.
  • މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 21 އަހަރާއި 35 އަހަރުގެ ދެ މީހުން.
  • އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން އިމިގްރޭޝަނާ ހަވާލުކުރުން.
  • ފަހަކަށް އައިސް ބަނގުރަލުގެ ވިޔަފާރީގައި ބިދޭސީން ޝާމިލުވާ މިންވަރު އިތުރުވެފައިވުން.
comment ކޮމެންޓް