ކުލަބު މޯލްޑިވްސް ކަޕުގެ ސެމީ ފައިނަލަށް އެޗްޑީސީއާއި އެސްޓީއޯ

މެޗުގައި އެޗްޑީސީއަށް ލަނޑު ޖަހައިދިނުމަށްފަހު އަލްސަން-- ފޮޓޯ: ފޮޓޯ މާސްޓާ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ސެމީ ފައިނަލަށް ކުލަބު އެޗްޑީސީ އާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ސެމީގެ ޖާގައެއް އެޗްޑީސީން ހޯދީ ކުއާޓާ ފައިނަލުގައި މި މުބާރާތް މީގެ ކުރިން ތިން ފަހަރު ކާމިޔާބުކޮށްފައިވަނީ އެމްޕީއެލް 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޗްޑީސީގެ އަލީ އަލްސަން ވަނީ ހެޓްރިކެއް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަބްދުالله ސުޒައިރެވެ. މި މެޗުގައި އެމްޕީއެލްގެ އިބްރާހީމް ވަހީދު ހަސަން ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ އަލީ ފާސިރެވެ.

ކުލަބު މޯލްޑިވްސް ކަޕުގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑު ބީއެމްއެލްއާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ފޮޓޯ މާސްޓާ

މީގެ އިތުރުން ސެމީގެ ޖާގައެއް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯއިން ހޯދީ ރޭ ކުޅުނު ކުއާޓާގެ މެޗުގައި، މި މުބާރާތް މީގެ ކުރިން ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޔުނައިޓެޑް ބީއެމްއެލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އިސްމާޢީލް އީސަ، މުޙައްމަދު އައްޒާމް، އަލީ ހައިޝަމް އަދި ހުސައިން ޝަރީފެވެ. މި މެޗުގައި ބީއެމްއެލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ދެ މެޗުގައި ބައްދަލުކުރާނީ ކުލަބު އެމްޓީސީސީއާއި އެމްއޭސީއެލް އަދި އާރްއާރްސީއާއި ސްޓެލްކޯ ބައްދަލުކުރާ މެޗެވެ. މި ދެ މެޗުވެސް ސަން ޕްލޭއިން ވަގުތުން ގެނެެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިިޔާމް މީޑިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު