މިދިޔަ މެއި މަހު ސިނަމާތަކުގައި އެޅުވި އެކްޓަރު އަޔުޝްމާން ކުރާނާގެ ކޮމެޑީ ފިލްމު "ޕަތީ ޕަތުނީ އައުރު ވޯ ދޯ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
އަޔުޝްމާން ކުރާނާގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ސާރާ އަލީ ޚާން، ރަކުލް ޕްރިތު ސިންގް އަދި ވަމީގާ ގައްބީ މުހިއްމު ރޯލްތައް ކުޅެފައިވާ މި ފިލްމަކީ، ޑައިރެކްޓަރު މުދައްސަރު އަޒީސްގެ އުފެއްދުމެކެވެ.
މިއަދުން ފެށިގެން ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެ މި ފިލްމަކީ، 2019 ވަނަ އަހަރު އަޔުޝްމާން ލީޑް ރޯލް ކުޅުނު ފިލްމު "ޕަތީ ޕަތުނީ އައުރު ވޯ"ގެ ސީކުއަލްއެކެވެ.

ފިލްމު "ޕަތީ ޕަތުނީ އައުރު ވޯ ދޯ"ގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ
މި ފިލްމަކީ ބޫޝަން ކުމާރާއި ރޭނޫ ރަވީ ޗޯޕްޅާ ޕްރޮޑިއުސްކޮށް، ޖޫނޯ ޗޯޕްޅާގެ ކްރިއޭޓިވް ޕްރޮޑަކްޝަންގެ ދަށުން އުފައްދާފައިވާ ފިލްމެކެވެ. މީގެ އިތުރުން ޓީ-ސީރީޒް އާއި ބީއާރު ސްޓޫޑިއޯސް ގުޅިގެން ތައްޔާރުކުރި މި ފިލްމު ޑިސްޓްރިބިއުޓްކޮށްފައި ވަނީ ޒީ ސްޓޫޑިއޯސް އިންނެވެ.
މި ފިލްމަށްފަހު އަޔުޝްމާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "މުޕާޕާ"އިންނެވެ.