ލަންކާގައި ދެ މީހަކު މަރާލި މައްސަލައެއްގައި ތުހުމަތުވާ މީހަކު، ރާއްޖޭން އެ ގައުމަށް ފޮނުވާލައިފި

ލަންކާގެ ގާނޫނީ ވަކީލާ އޭނާގެ އަންހެނުން މަރާލި މައްސަލައިގައި ހޯދަމުންދިޔަ މީހާ ލަންކާގެ އެއާޕޯޓުން ފުލުހުން ހައްޔަރު ކޮށްފައި --- ފޮޓޯ: އަޑަ ޑެރަނާ

ސްރިލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު، ރާއްޖޭން ލަންކާއަށް ފޮނުވާލައިފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ވަކީލާއި އޭނާގެ އަނބިމީހާ މަރާލައިފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައެވެ.

ޑެއިލީ މިރާގައިވާ ގޮތުން، ރާއްޖޭން ފޮނުވާލި މީހާއަކީ، އެ ދެ މީހުންގެ ގަޔަށް ބަޑި ޖެހި މީހުން ތިބި އުޅަނދު ދުއްވަން އިން މީހާއެވެ.

އެ މީހާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ރާއްޖޭން އޭނާ ލަންކާއަށް ފޮނުވާލީ އިއްޔެ ކަމަށް އެ ނޫހުގައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ރިޕޯޓުކޮށްފައިނުވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން "ސަން"އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައިނުވެއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، އެ މީހާ ލަންކާއަށް ގެންދިއުމަށްފަހު އެ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާއަށް ވަނީ 90 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.

ފެބްރުއަރީ 13 ވަނަ ދުވަހު ސްރީލަންކާގެ ތަލަންގަމާ ސަރަހައްދުގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ބަޑިޖަހައި މަރާލި ހާދިސާއާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ރާއްޖޭން ވަނީ ލަންކާއަށް ފޮނުވާލާފައެވެ. މި މީހާއަކީ އެ ހަމަލާދިން މީހުން ދަތުރުކުރި އުޅަނދު ދުއްވަން އިން މީހާކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި، މިހާރު މި މީހާ ވަނީ ލަންކާގެ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކު 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާކަމަށްވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

  • ލަންކާގެ ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލައިގެ ތުހުމަތުވާ މީހަކު ރާއްޖޭން ފޮނުވާލުން.
  • ފޮނުވާލި މީހާއަކީ މަރާލުމަށް ބަޑިޖެހި މީހުން ތިބި އުޅަނދު ދުއްވަން އިން މީހާ.
  • އެ މީހާ ހޯދުމަށް އިންޓަޕޯލްއިން އޮތީ ރެޑް ނޯޓިސް ނެރެފައި.
  • އިތުރު ތަހުގީގަށް އޭނާ ވަނީ ލަންކާގެ ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައި.
  • މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކު 90 ދުވަހަށް ވަނީ ބަންދުކޮށްފައި.
comment ކޮމެންޓް