އެމެރިކާ ބަދަލުވަނީ، ނިއުޔޯކްގެ ޕްރައިމަރީގައި ޔަހޫދީންނަށް ސިޔާސީ ބޮޑު ޒަލްޒަލާއެއް!

3 ކެންޑިޑޭޓުން ކާމިޔާބު ކުރުމުން ބޭއްވި އުފާފާޅު ކުރުމުގައި ޒަހްރާން މަމްދާނީ

ނިއުޔޯކް (24 ޖޫން 2026) : މިއަހަރު ފަހުކޮޅު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ގެ މިޑްޓާމް އިންތިޚާބަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނިއުޔޯކްގެ 3 ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުން ނޮމިނޭޓް ކުރުމަށް ބޭއްވި ޕްރައިމަރީގައި ނިއުޔޯކްގެ ޔަހޫދީ ޒަޔަނިސްޓުންނަށް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމެރިކާގެ ނޫސްތަކާއި މުހައްލިލުން މިކަން ސިފަކުރަނީ އިސްރާއީލަށާއި އެމެރިކާގައި ބޯވައެއް ގޮތަށް ހަންފަތުރައި ބާރާއި ނުފޫޒުގަދަކޮށްގެންއުޅޭ ޔަހޫދީ ޒަޔަނިސްޓުންނަށް ކުރިމަތިވި ސިޔާސީ ބޮޑު ޒަލްޒަލާ އެއްގެ ގޮތުގައެވެ.

ނިއުޔޯކްގެ ތިންދާއިރާއަށް ޚާއްސަކޮށްގެން ޑިމޮކްރެޓިކް ޕާޓީން އިއްޔެ ނޫން ކުރީދުވަހު ބޭއްވި ޕްރައިމަރީގައި މިތިން ދާއިރާވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޔަހޫދީ އިސްރާއީލާ އިދިކޮޅު އަދި ޣައްޒާގައި އިސްރާއީލު ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާ ކަމަށް ސިފަކޮށް އިސްރާއީލަށް ދޭ އެހީތައް ކަނޑާލުމަށް ބިރެއްނެތި ފާޅުގައި ގޮވާލާ ތިން ކެންޑިޑޭޓުންނެވެ.

މި ތިން ކެންޑިޑޭޓުންވަނީ ޔަހޫދީ އިސްރާއީލަކީ ކުރީގެ ނާޒީ ޖަރުމަނު ފަދަ ނުރައްކާތެރި ގައުމެއް ކަމަށާއި ނަތަންޔާހޫ އަކީ ހިޓްލަރު ފަދަ އަނިޔާވެރިއެއްކަމަށް ސިފަކުރައްވާފައެވެ. މިތިން ކެންޑިޑޭޓުންނަކީ ބްރެޑް ލޭންޑަރ، ކްލެއާ ވެލްޑީސް އަދި ދާރިއާ ލީޒާ އެވެ.

މި ތިން ކެންޑިޑޭޓުން ޕްރައިމަރީ ކާމިޔާބުކުރީ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކާއި ލޮބީ ގްރޫޕްތަކުން އެފަރާތްތަކުގެ ކެންޑިޑޭޓުންގެ ކޭންޕެއިންތަކަށް އެތައް މިލިޔަނަކުން ޚަރަދު ކުރަމުން ދަނިކޮށެވެ. ނިއުޔޯކް އަކީ އެމެރިކާގައި ޔަހޫދީން އެންމެ ގިނަ އަދި އެމީހުންގެ އެންމެ ބާރުގަދަ ސިޓީއެވެ. އަދި އިސްރާއީލު ފިޔަވައި ދުނިޔޭގައި ޔަހޫދީންގެ އާބާދީ އެންމެ ބޮޑު ސަރަހައްދެވެ. ޔަހޫދީންގެ ކުންފުނިތަކާއި ޔަހޫދީ މަހުޖަނުންނާއި ޔަހޫދީންގެ ވިޔަފާރިތައްވެސް އެންމެ ގިނަ ސިޓީވެސް މެއެވެ.

އެމެރިކާގައި ޒަމާނުއްސުރެ އޮތް ބާރުގަދަ ޔަހޫދީ ލޮބީ އަށް ގޮންޖަހާފައި ޕްރައިމަރީ ކާމިޔާބުކުރި 3 ކެންޑިޑޭޓުން

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި ތިން ކެންޑިޑޭޓުންނަކީވެސް ނިއުޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީގެ ފިކުރަށް ސަޕޯޓް ކުރާ ޒުވާނުންނެވެ. އެ ތިން ކެންޑިޑޭޓުންނާ ވާދަކުރި ޔަހޫދީން ސަޕޯޓްކުރާ ކެންޑިޑޭޓުންނަކީ ދުވަސްވީ އަދި އެމެރިކާގެ ސިޔާސީ މައިދާނުގައި މުސްކުޅި އަދި ހަރު ބޭފުޅުންނެވެ.

ނިއުޔޯކް ޓައިމްސް ފަދަ އެމެރިކާގެ ނޫސްތަކުންވަނީ ޔަހޫދީންގެ ބާރާއި ނުފޫޒު ގަދަ ނިއުޔޯކްގައި އިސްރާއީލަށް ތާއީދުކުރާ ސިޔާސީ ފަރާތްތައް މިހާ ހިތިގޮތަކަށް ބަލިވިއިރު ދެން އެމެރިކާގެ އެހެން ސްޓޭޓްތަކާއި ސިޓީތަކުގެ ޕްރައިމަރީތަކުގެ ކަންތައް ދާނީ ކޮންފަދަ ގޮތަކަށްތޯ ސުވާލުކޮށްފައެވެ. މިއީ ޑިމޮކްރެޓިކް ޕާޓީގެ ޒުވާން ޖީލު އިސްރާއީލާ މުޅިން ދެކޮޅު ވެއްޖެކަން ހާމަވެގެންދާކަމެއް ކަމަށްވެސް ނިޔުޔޯކް ޓައިމްސް ފަދަ އެމެރިކާގެ މަޝްހޫރު ނޫސްތައް ބުނެއެވެ.

ޒަހްރާން މަމްދާނީވެސް ނިޔުޔޯކްގެ މޭޔަރުކަމުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކާއި ލޮބީ ގްރޫޕްތަކުން އޭނާއާ ދެކޮޅަށް މިލިޔަނުން ފައިސާ ޚަރަދުކޮށް އެންޓި ކޭންޕެއިން ކުރަމުން ދަނިކޮށެވެ. މަމްދާނީގެ ކާމިޔާބީ އަކީވެސް އިސްރާއީލަށް ބޮޑު ލޮޅުމެއް އަރައިގެން ދިޔަ ކަމެކެވެ.

މަމްދާނީއަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު އަދި ޒުވާން ގްރޫޕްގެ އެންމެ ނުފޫޒުގަދަ ފަރާތެވެ. މި ގްރޫޕަކީ އެމެރިކާގެ މުސްކުޅި ޖީލު އެންމެ ބޮޑަށް ނަފްރަތުކުރާ ސޯޝަލިސްޓް ފިކުރަށްވެސް ސަޕޯޓްކުރާ ގްރޫޕެކެވެ. ކޮންގްރެސްގައި ހިމެނޭ ފަލަސްތީނު ދަރިކޮޅުގެ ރަޝީދާ ތަލީބް އާއި ސޮމާލިޔާ ދަރިކޮޅުގެ އިލްހާން އުމަރު އަކީވެސް މިފިކުރުގެ ބޭފުޅުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޒުވާންޖީލު އިސްރާއީލާ ދުޝްމަން ވުމުގެ އިތުރުން އެމީހުން ސޯޝަލިސްޓް ފިކުރަށް ވެސް ތާއީދު ކުރާތީ އެޕާޓީގެ މުސްކުޅި ޖީލުވަނީ އިންތިހާއަށް ރުޅިގަދަވެފައެވެ. އެމެރިކާގެ މުހައްލިލުން ދެކޭގޮތުގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއެކު އެމެރިކާގެ ޒުވާން ޖީލުގެ ފިކުރުވަނީ އިސްރާއީލާ ދެކޮޅަށް މުޅިން ބަދަލުވެފައެވެ.

ސާވޭތަކުން ހާމަވާގޮތުގައި އެމެރިކާގެ ޒުވާން ޖީލުގެ ގާތްގަނޑަކަށް 70 އިންސައްތަ އިސްރާއީލާ ދެކޮޅެވެ. އެމެރިކާގެ ޒުވާން ޖީލުގެ ގިނަ ބަޔަކު ދެކޭގޮތުގައި އިސްރާއީލުވަނީ އެމެރިކާ ހައިޖެކް ކޮށްފައެވެ. އެމެރިކާގެ ސިޔާސީ ފަރާތްތައް ގަނެލާފައެވެ. އެހެންކަމުން މިއީ އިސްރާއީލުގެ ނުފޫޒުން އެމެރިކާ މިނިވަން ކުރަންޖެހޭ ވަގުތު ކަމަށް އެމެރިކާގެ ޒުވާންޖީލު ދެކެއެވެ. ޒުވާން ޖީލުދަނީ އިސްރާއީލާ ދެކޮޅަށް ފާޅުގައި ބަސްބުނެ ތޮށިގަނޑު ފަޅާލައި ބިރު ކަނޑާލުމަށްފަހު އިސްރާއީލު ކުށްވެރިކުރަމުންނެވެ.

ކުރިން އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކޮށްލުމަކީވެސް އެމެރިކާގައި ބާކީވެ އަގު ވެއްޓޭ ކަމެކެވެ. އެމީހެއްގެ ބޮލުގައި އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ޖައްސާލުމުގެ ބަދުނާމު އަޅުވައި އެމީހަކު އެކަހެރިކޮށްލާ ކަމެކެވެ. ނަމަވެސް މިބިރު ކަނޑާލައި ތޮށިގަނޑު ފަޅާލުމަށްފަހު އެމެރިކާގެ ޒުވާން ޖީލު މިހާރު މިވަނީ އެމީހުންގެ ގައުމު ޔަހޫދީންގެ ބާރާއި ނުފޫޒާއި އަޅުވެތިކަމުން ސަލާމަތް ކުރަން ތެދުވެފައި ކަމަށާ އިސްރާއީލުގެ ހަގީގަތް އެނގުނީ ޣައްޒާގެ އާންމުންނާއި ކުޑަކުދިންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ގުޅިގެންކަމަށް އެމެރިކާގެ މުސްތަގިއްލު ނޫސްތަކާއި މިނިވަން ފިކުރުގެ މުހައްލިލުން ވިދާޅުވެއެވެ.

މިއަހަރުގެ ކޮންގްރެސް މިޑްޓާމް އިންތިޚާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ނިއުޔޯކްގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި، އިސްރާއީލާ ދެކޮޅު ތިން ކެންޑިޑޭޓުން ކަމަށްވާ ބްރެޑް ލޭންޑަރ، ކްލެއާ ވެލްޑީސް އަދި ދާރިއާ ލީޒާ ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯދާފައެވެ. މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ޔަހޫދީ ޒަޔަނިސްޓުންނަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ޔަހޫދީ ކުންފުނިތަކާއި ލޮބީ ގްރޫޕްތަކުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރި ނަމަވެސް، މި ނަތީޖާއިން ދައްކުވައިދެނީ އެމެރިކާގެ ސިޔާސީ މައިދާނުގައި، ޚާއްސަކޮށް ޒުވާން ޑިމޮކްރެޓުންގެ މެދުގައި އިސްރާއީލުގެ ނުފޫޒު ކުޑަވަމުންދާ މަންޒަރެވެ. ނިއުޔޯކަކީ އެމެރިކާގައި އެންމެ ގިނަ ޔަހޫދީން ދިރިއުޅޭ އަދި އެންމެ ނުފޫޒުގަދަ ސިޓީކަމަށް ވުމުން، މިއީ މުޅި އެމެރިކާގެ ސިޔާސީ މިސްރާބު ބަދަލުވަމުންދާކަމުގެ ސާފު ހެއްކެކެވެ. ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ޑިމޮކްރެޓިކް ޕާޓީގެ ޒުވާން ޖީލުގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން މިހާރު ތިބީ އިސްރާއީލާ ދެކޮޅަށެވެ. އެމެރިކާގެ ޒުވާނުން ދަނީ އެންޓި-ސެމިޓިޒަމްގެ ތުހުމަތުތަކަށް ބިރުގަތުން ދޫކޮށްލައި، އިސްރާއީލަށް ދޭ މާލީ އަދި އަސްކަރީ އެހީތައް ކަނޑާލުމަށް ފާޅުގައި ގޮވާލަމުންނެވެ.

  • އިސްރާއީލުން ޣައްޒާގައި ހިންގާ އަމަލުތައް ކުށްވެރިކުރާ 3 ކެންޑިޑޭޓަކު ނިއުޔޯކްގެ ޕްރައިމަރީ ކާމިޔާބުކުރުން.
  • މާލީ ގޮތުން ބާރުގަދަ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ ކެމްޕެއިންތަކަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުން.
  • ޑިމޮކްރެޓިކް ޕާޓީގެ ޒުވާން ޖީލުގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން އިސްރާއީލާ ދެކޮޅުކަން ސާވޭތަކުން ދެއްކުން.
  • އެންޓި-ސެމިޓިޒަމްގެ ބިރާ ނުލައި، އިސްރާއީލަށް ދޭ އެހީތައް ކަނޑާލުމަށް ގޮވާލާ ޒުވާނުންގެ އަޑު ގަދަވުން.
comment ކޮމެންޓް